twitterviber whatsapp telegramfacebookyoutube instagram
29th March 2024

ކުޅުދުއްފުށީ އެއާޕޯޓްގެ މަސައްކަތް އެހާ އުނގަދޫވާނެކަމަކަށް ހިއެއް ނުކުރަން: ރައީސް

Jul 2, 2018

ކުޅުދުއްފުށީގައި އެއާޕޯޓެއް ތަރައްގީކުރުމުގެ މަސައްކަތް ފެށިއިރު އެމަސައްކަތް އެހާ އުނދަގޫވާނެކަމަކަށް ހިއެއް ނުކުރައްވާކަމަށް ރައީސުލް ޖުމްހޫރިއްޔާ ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ ދެ އަހަރުގެ ތެރޭގައި ކުޅުދުއްފުށީގައި ޑޮމެސްޓިކް އެއާޕޯޓެއް ތަރައްގީކުރުމަކީ ވައުދެކެވެ. ނަަމަވެސް އެމަސައްކަތް ދިގުލައި އަދިވެސް ވަނީ ނިންމާނުލެވިފައި އެވެ.

ށ.ފުނަދޫ އެއާޕޯޓު އަޅަން ބޭނުންވާ ބިން ހިއްކުން ނިންމާ ރަންވޭ އެޅުމުގެ މަސައްކަތް ފެއްޓެވުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން ރައީސުލް ޖުމްހޫރިއްޔާ އަބުދުﷲ ޔާމީން އަބުދުލްގައްޔޫމް ވިދާޅުވީ ކުޅުދުއްފުށީ އެއާޕޯޓަކީ ފުނަދޫ އެއާޕޯޓަށްވުރެ ތަރައްގީކުރަން މާ އުނދަގޫ އެއާޕޯޓެއް ކަމަށެވެ.

ރައީސް ވިދާޅުވީ ކުޅުދުއްފުށީ އެއާޕޯޓް މަސައްކަތް އުނދަގޫވެގެން ދިޔައީ ޗަސް ބިން ހިއްކާގެން ތަރައްގީކުރާ އެއާޕޯޓަކަށްވާތީ ކަމަށެވެ. އަދިވެސް މިއުޅެނީ އެ ޗަސް ބިމުގެ ޗަކައިންނާއި ކިސަޑުން ސަލާމަތް ނުވެގެން ކަމަށް ރައީސް ވިދާޅުވި އެވެ.

“އެހުރިހާ ކަމެއް ކުރަމުން އެތަނުގައި(ކުޅުދުއްފުށީ)ގައި އަޅުގަނޑުމެން މަސައްކަތް ފެށިއިރު ހިއެއް ނުކުރަން އެހާ ޗެލެންޖިން ކަމަށް ވާނެ ކަމަށް.” ފުނަދޫގައި ވާހަކަދައްކަވަމުން ރައީސް ޔާމީން ވިދާޅުވި އެވެ.

ކުޅުދުއްފުށީގައި އެއާޕޯޓް ތަރައްގީކުރަނީ ރަށުގެ އުތުރުކޮޅުގައި އޮންނަ ހިތްގައިމު މަށިކުޅި އާއި މޫދުން ބައެއް ހިއްކައިގެންނެވެ. ކުޅުދުއްފުށީ އެއާޕޯޓްގެ މަސައްކަތް އޯގަސްޓްމަހުގެ ނިޔަލަށް ނިންމުމަށް މަސައްކަތްކުރަމުންދާއިރު ފުނަދޫ އެއާޕޯޓްގެ މަސައްކަތް ސެޕްޓެމްބަރަށް ނިންމާލެވޭނެކަމަށް ރައީސް މިއަދު ވަނީ ވިދާޅުވެފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355