twitterviber whatsapp telegramfacebookyoutube instagram
26th April 2024

22 ރަށެއްގައި ނަރުދަމާގެ މަސައްކަތް ނިންމައި، 37 ރަށެއްގައި މަސައްކަތް ދަނީ ކުރިއަށް: ތޯރިގް

Jul 3, 2018

މިސަރުކާރުން 22 ރަށެއްގެ ނަރުދަމާގެ ނިޒާމުގެ މަސައްކަތްކޮށް، ނިންމާފައިވާކަމަށް އެންވަރމަންޓް މިނިސްޓަރ ތޯރިގް އިބުރާހިމް ވިދާޅުވެއްޖެ އެވެ.

ށ. މިލަންދޫގައި ގާއިމްކޮށްފައިވާ ނަރުދަމާ ނިޒާމްގެ ހިދުމަތް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔުމް ރަސްމީކޮށް ފައްޓަވާދެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރ ތޯރިގް އިބުރާހިމް ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރުން 22 ރަށެއްގައި ނަރުދަމާގެ މަސައްކަތް ފައްޓައި، ނިންމާފައިވާ ކަމަށެވެ. އެކަމަށް 1 ބިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދުވެފައިވެ އެވެ.

މިނިސްޓަރ ތޯރިގް ވިދާޅުވީ މިހާރުވެސް ނަރުދަމާ ގާއިމްކުރުމުގެ މަސައްކަތް 37 ރަށެއްގައި ކުރިއަށްދާކަމަށާއި އެމަޝްރޫއުތަކަށް 1.3 މިލިއަން ރުފިޔާ ހަރަދުވެގެންދާނެ ކަމަށެވެ.

ރައީސް ޔާމީންގެ ސަރުކާރުގައި ރަށްރަށުގައި އަސާސީ ހިދުމަތްތައް ގާއިމްކުރުމަށް މީގެ ކުރީގެ އެއްވެސް ސަރުކާރަކުކޮށްފައިނުވާ މިންވަރަށް މަސައްކަތްކޮށް، އަދި ކުރަމުންދާކަމަށް ތޯރިގް ވިދާޅުވި އެވެ.

އެގޮތުން ށ މިލަންދޫގައިވެސް ސަރުކާރުން އަސާސީ މުހިންމު ހިދުމަތްތަކެއް ގާއިމްކޮށްފައިވެ އެވެ. މިނިސްޓަރ ވިދާޅުވީ އެގޮތުން މިލަންދޫގެ ކަރަންޓްގެ ހާލަތު ރަނގަޅުކޮށް، ކުނި މެނޭޖްކުރުމަށް 1.2 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށެވެ. 56 މިލިއަން ރުފިޔާ ހަރަދުކޮށްގެން ނަރުދަމާގެ މަސައްކަތް ނިންމާލާފައިވާއިރު ފެނުގެ ނިޒާމް ގާއިމްކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާކަމަށެވެ. އެމަޝްރޫއުއަށް 47 މިލިއަން ހަރަދުވެގެންދާނެކަމަށް ތޯރިގް ވިދާޅުވި އެވެ.

ކަރަންޓްގެ ހާލަތު ރަނގަޅުކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ކަރަންޓްގެ ހިދުމަތް ފޯރުކޮށްދިނުމަށް ސަރުކާރުން މިއަދު މިދަނީ އިރާކުރަވަނި ހަކަތަ ޖެހުމަށް މަސައްކަތްކުރަމުން، އެގޮތުން މިއަންނަ އޯގަސްޓްމަހުގެ ތެރޭގައި މިލަންދޫގައި 400 ކިލޯވޯޓަށް ވުރެ މަތިން ކަރަންޓް އުފެއްދޭ ނިޒާމެއް ހަރުކުރެވިގެންދާނެކަމަށް ތޯރިގް ވިދާޅުވި އެވެ.

މިލަންދޫގައި ވާހަކަދައްކަވަމުން މިނިސްޓަރ ތޯރިގް ވިދާޅުވީ ރައީސް ޔާމީން ވެރިކަމާ ހަވާލުވެލެއްވިއިރު ރާއްޖޭގައި އޮތީ ދެ މެގަރ ވޯޓް އިޔާދަކުރުވަނި ހަކަތަ ކަމަށާއި ނަމަވެސް މިވޭތުވެދިޔަ 4 އަހަރުގެ ތެރޭގައި އިތުރު 9 މެގަރ ވޯޓްގެ އިޔާދަކުރުވަނިވި ހަކަތަ އުފައްދާ ނިޒާމް ހަރުކޮށް، ނިމިފައިވާކަމަށެވެ ތޯރިގް ވިދާޅުވި އެވެ.

ކުރިއަށްއޮތް ދުވަސްތަކުގައި ހއ އާއި ށ އަދި ނ އަތޮޅުގެ ހުރިހާ ރަށެއްގައި އިރާދަކުރުވަނިވި ހަކަތަ އުފައްދާ ނިޒާމް ގާއިމްކުރެވިގެންދާނެ ކަމަށާއި އޭގެން އިތުރު 5 މެޖަރ ވޯޓްގެ ކަރަންޓް އުފެއްދޭނެ ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355