twitterviber whatsapp telegramfacebookyoutube instagram
24th April 2024

ސީޓީއެމްގެ ފަރާތުން ކުޅުދުއްފުށީގައި ދިވެހި ބޭހުގެ މެޑިކަލް ކޭމްޕެއް ބާއްވަނީ

Jul 4, 2018

ސެންޓަރ ފޯރ ޓްރެޑިޝަނަލް މެޑިސިންގެ (ސީޓީއެމް) ގެ ފަރާތުން ކުޅުދުއްފުށީގައި ދިވެހި ބޭހުގެ މެޑިކަލް ކޭމްޕެއް ބޭއްވުމަށް ހަމަޖައްސައިފި އެވެ.

މިމަހު 25 ން 31 ކުޅުދުއްފުށީ ގަހަނާގޭގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މި ކޭމްޕުގައި ބަލި މީހުން ބެލުމާއި ދިވެހި ބޭހުގެ ފަރުވާކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.

ސީޓީއެމް ގެ ފަރާތުން ކޭއޯއަށް މައުލޫމާތު ދެމުން ސީނިއަރ ޓްރެޑިޝަނަލް ފްރެކްޓިޝަނަރ މުހައްމަދު އަހުމަދު ވިދާޅުވީ ކޮންމެ ދުވަހަކު ވެސް 35-40 ދެމެދުގެ ބަލިމީހުންނަށް ފަރުވާ ދެއްވާނެ ކަމަށާއި ބަލިމީހުން ބައްލަވަމުން ގެންދަވާނީ އެޕޮއެންޓްމެންޓް ތަރުތީބުން ކަމަށެވެ. އެހެންމަވެސް އެޕޮއިންޓްމެންޓް ނެތި ކޭމްޕް ކުރިއަށްދާ ވަގުތުގައި ތަނަށް ދުރުވެވެސް ޑޮކްޓަރަށް ދެއްކުމުގެ އިންތިޒާމް ވެސް ހަމަޖައްސާފައިވާނެ ކަމަށެވެ.

އެ ކްލިނިކުގެ ފަރާތުން ބަލި މީހުން ބެލުމަށް އިސް މީހަކަށްވެސް ހުންނަވަނީ މުހައްމަދު އަހުމަދެވެ. ނަމަވެސް ބަލި މީހާއަށް ބޭނުންވާ އިތުރު ފަރުވާ ފޯރުކޮށްދިނުމަށް އެކުލިނިކުގެ ބޭފުޅުން ކޭމްޕް ކުރިއަށްދާ ވަގުތު އެތަނުގައި ހަރަކާތްތެރިވާނެ ކަމަށާއި އެގޮތުން އަންހެން ބޭފުޅުންނަށް ހިދުމަތް ދެއްވާނީ އަންހެން ބޭފުޅެއްކަމަށް މުހައްމަދު ވިދާޅުވި އެވެ.

އެކްލިނިކުން ދެއްވާ ހިދުމަތްތަކުގެ ތެރޭގައި

– ރާއްޖެ ބަލީގެ ތަފާތު އުނދަގޫތަށް

– މައިކައްޓާއި އުނަގަނޑުގެ ރިހުމަށް

– އަކުނިވަޔަށް ދެމުން، ނާރުތަކުގައި ގޮށްލުން، އައްސިވުން

– ތުރުތުރު އެޅުމާއި ވާގިނެތުން

– ޖެހިތަދުވެ ހާނިކަވުން، ކަށިގަނޑުގައި ރެދުލުން

– ފައިފުރޮޅުމާއި، ހުޅުނެއްޓުން

– ތަންތަނަށް ތަދުއެރުން، ނާރުއެރުން

– ބަނޑުގައި އުފެދޭ ވަޔަށް ( ގޭސްޓްރިކް މައްސަލަތައް)

– ދުވަސްވީ ހޮޑުލުމަށާއި، މޭނުބައިކުރުން

– މެއިން ދިލަ ނެގުމާއި އެތެރެ ހަށީން ހޫނުއެރުމަށް

– މައިދާއާއި ގޮހިރުގެ ފާރުހިކުމަށް

– ޕައިލްސް އުދަގޫތަކަށް (ބަނޑުހިކުމާއި، ފުރަގަސްފަރާތު ބަލިތަކަށް)

– އަރިދަފުސް ރޯގާއާއި، ކެއްސުން

– ނޭވާހިއްލުމަށާއި، ނޭވާލާން ދަތިވުން

– ބޯއެބުރުމާއި ބޮލުގަރިހުމަށް

– ބޮލުން ހަން ފޮޅުމާއި، އިސްތަށިފޭބުމަށް

– ކުޑަކަމުދިއުމާއިބެހޭ ނިޒާމުގެ މަސައްކަތް ރަނގަޅުކުރުމަށް

– ކުޑަގިފިލު ދަތިވުމަށާއި، ކުޑަކަމުދާ ހޮޅު ސާފުކުރުމަށް

– ގައިކެހުމާއި ފިއްނެގުމަށް

– ދަދު ފަދަ ތަފާތު ހަމުގެ ބަލިތައް

މި ކޭމްޕުގައި ޑޮކްޓަރަށް ދެއްވުމުގެ ފީ އެއްގެ ގޮތުގައި 150 ރުފިޔާ ނެގޭނެއެވެ. އެހެންނަމަވެސް އެޕޮއިންޓްމެންޓް ހެއްދުމަށް ފީ އެއް ނުނަގާނެކަމަށް އެ ކްލިނިކުން މައުލޫމާތު ދެއެވެ.

އެޕޮއިންޓްމެންޓް ހެދުމަށާއި އިތުރު މައުލޫމާދެ ހޯދުމަށް 9751170/ 3321170/ 3320105 ނަންބަރާ ގުޅުވުމަށް އެފަރާތުން އެދެއެެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355