މޯލްޑިވިއަންގެ ޓިކެޓެއް ނަގައިގެން އެންމެ ފަހުގެ އައިޕެޑް މިނީ އެއް ލިބޭ ޕްރޮމޯޝަންއެއް ކުޅުދުއްފުށީ އޮންލައިން ޓިކެޓް ސެންޓަރ އިން ފަށައިފި އެވެ.
ޖުލައި މަހުގެ 1 އިން ފެށިގެން އޯގަސްޓް މަހުގެ 15 ވަނަ ދުވަހާ ހަމައަށް ކުރިއަށްގެންދާ މި ޕްރޮމޯޝަންގައި ދިވެހިރާއްޖޭގެ ގައުމީ އެއާލައިންއިން ދަތުރު ކުރާ ޑޮމެސްޓިކް ނުވަތަ އިންޓަނޭޝަނަލް ކޮންމެ މަންޒިލަކަށްވެސް ޓިކެޓްނަގައިގެން ބައިވެރިވެވިދާނެ އެވެ.
މި ޕްރޮމޯޝަން ކުރިއަށް ގެންދަނީ ދިވެހިންނާއި ބޭރު މީހުންނަށްވެސް ހުޅުވާލައިގެންނެވެ. ޕްރޮމޯޝަން މުއްދަތުގެ ތެރޭގައި ޓިކެޓް ނަގާ ފަރާތްތަކުގެ މެދުގައި ގުރުއަތުން ހޮވޭ ފަރާތަކަށް އައިޕެޑް މިނީ އެއް ދެވޭނެ އެވެ.
ކުޅުދުއްފުށީ އޮންލައިންއިން މީގެ ކުރިންވެސް ވަނީ ގުރުއަތުން އައިޕެޑް ލިބޭ ޕްރޮމޯޝަން އެއް ބާއްވާފައެވެ.
ކުޅުދުއްފުށި އޮންލައިން ޓިކެޓް ޕްރޮމޯޝަންގެ ނަސީބުވެރިއަކަށް އައިޝަތު ލައިޒާ
ކުޅުދުއްފުށި އޮންލައިން ޓިކެޓް ސެންޓަރ އިން ޓިކެޓް ބުކިން ހެދުމަށް ގުޅާނީ 6528355 ނުވަތަ 7978355 އަށެވެ. އަދި 7978355 އަށް ވައިބަރ ކޮށްގެންވެސް ބުކިންގ ހަދާލެވޭނެ އެވެ. އަދި ބީއެމްއެލް މޯބައިލް ޕޭ މެދުވެރިކޮށް އަދި އިންޓަނެޓް ބޭންކިންގ މެދުވެރިކޮށް ފައިސާ ބަލައިގަންނާނެއެވެ.