twitterviber whatsapp telegramfacebookyoutube instagram
26th April 2024

ހައިކޯޓް އުތުރު ގޮފީގެ ޝަރީއަތްތައް ފެށުމަށް ތައްޔާރުވަނީ

Jul 8, 2018

ކުޅުދުއްފުށީގައި ގާއިމްކުރާ، ހައިކޯޓްގެ އުތުރު ގޮފީގެ ޝަރީއަތްތައް ފެށުމުގެ ކުރިން ކުރަންޖެހޭ މަސައްކަތް ކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަނުން ބުނެފި އެވެ.

ހައިކޯޓް އުތުރު ގޮއްޕަށް މުވައްޒަފުން ނަގައި އިމާރާތް ނިންމިފައިވީނަމަވެސް ޝަރީއަތްތައް ފެށޭވަރު ވަނީ އަދި ނުވެފައިވެ އެވެ. އެމަސައްކަތް މެދުކެނޑުމަށް ފަހު މިހާރު އަލުން ފަށައިގެން ދަނީ ކުރިއަށެވެ.

ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަންގެ އޮފިޝަލަކު މިއަދު ކޭއޯއަށް ވިދާޅުވީގޮތުގައި ހައިކޯޓްގެ އުތުރުގެ ގޮފި ހުޅުވުމަށް ވަކި ތާރީޙެއް އަދި ކަނޑަޅާފައިނުވިނަމަވެސް އެކޯޓްގައި ޝަރީއަތްތައް ފެށުމަށްޓަކާ މަސައްކަތް ކުރަން ޖެހޭ މަސައްކަތަށް ކުރަމުންދާ ކަމަށެވެ.

އެގޮތުން ކޯޓް ރޫމުތަކުގެ ސެޓްއަޕް އާއި ޝަރީއަތްތައް ފެށުމުގެ ކުރިން އިދާރީގޮތުން ކުރަންޖެހޭ ގިނަ މަސައްކަތްތަކެއް ނިންމުމުގެ މަސައްކަތް މިހާރުވެސް ދަނީ ކުރިއަށެވެ.

ޖުޑިޝިއަލް އެޑްމިނިސްޓްރޭޝަނުންގެ ފަރާތުން ވަރަށް ފަހުން ކުޅުދުއްފުއްޓަށް ދަތުރެއްކޮށް ހައިކޯޓްގެ އުތުރު ގޮފީގެ އިމާރާތުގެ މަސައްކަތަށްދާ ގޮތާއި އެކަމުގެ ފަހުގެ މައުލޫމާތު ހޯދައި ނިންމާފައިވާކަމަށް އޮފިޝަލް ވިދާޅުވި އެވެ. ދަތުރުގައި ފާހަގަކުރެވުނު އިތުރަށް ބޭނުންވާ ކަންތައްތައްވެސް ފައިނަލް ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް އޭނާ ވިދާޅުވި އެވެ.

ސްްޕްރީމް ކޯޓުން 2015 ވަނަ އަހަރުގެ ފެބްރުއަރީމަހު އުތުރާއި ދެކުނަށް ނިސްބަތްވާ ހައިކޯޓްގެ ސަރަހައްދުތައް ކަނޑައަޅާފައިވާއިރު އުތުރު ސަރަހައްދުގައި އުފައްދާ ހައިކޯޓްގެ ގޮތްޕަށް ނިސްބަތްވަނީ ހއ، ހދ، ށ، ނ، ރ އަދި ބ. އަތޮޅެވެ.

އުތުރުގެ ހައިކޯޓްގެ ގޮފި ގާއިމްކުރަނީ ކުޅުދުއްފުށީގައި ހުންނަ ނޮދަރ ކޮމްޕްލެކްސް އިމާރާތުގެ ފުރަތަމަ ފަންގިފިލާން ބައެއްގަ އެވެ.

އުތުރާއި ދެކުނުގައި ގާއިމުކުރުމަށް ހަމަޖެހިފައިވާ ހައި ކޯޓްގެ ދެ ގޮފިން ބެލުމަށް ހަމަޖެހިފައިވަނީ އެ ސަރަހައްދެއްގެ މެޖިސްޓްރޭޓް ކޯޓުތަކުން ނިންމާ މައްސަލަތަކުގެ އިސްތިއުނާފު ކުރުން އެކަންޏެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355