twitterviber whatsapp telegramfacebookyoutube instagram
29th March 2024

ރިޔާސީ އިންތިހާބަށް ނޫސްވެރިން ތަމްރީނުކުރުމުގެ ޕްރޮގްރާމެއް ހިންގަނީ

Jul 10, 2018

ރިޔާސީ އިންތިހާބަށް ނޫސްވެރިން ތަމްރީނުކުރުމަށް ހާއްސަ ޕްރޮގްރާމެއް ބޭއްވުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

އިލެކްޝަންސް ކޮމިޝަންގެ މެމްބަރު އަދި ތަރުޖަމާނު އަހްމަދު އަކުރަމް ވިދާޅުވީ، އިންތިހާބުގެ ކަންކަން ހިނގަމުންދާގޮތް އެންމެ ގާތުން ރައްޔިތުންނާ ހަމައަށް ގެނެސްދިނުމަށް މީޑިއާގެ ދައުރު ވަރަށް މުހިންމު ކަމަށެވެ.

އެގޮތުން މީޑިއާތަކަށް ހާއްސަކުރެވިގެން ރިޔާސީ އިންތިހާބާ ދިމާކޮށް ނޫސްވެރިން ތަމްރީނުކުރުމަށާއި މައުލޫމާތު ދިނުމަށް ޕްރޮގްރާމެއް ބޭއްވުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އިލެކްޝަންސް ކޮމިޝަނުގެ ތަރުޖަމާނު އަހުމަދު އަކުރަމް ހާމަކުރި ގޮތުގައި އިންތިހާބުތަކާއި އިންތިހާބަށް ހޭލުންތެރި ބައެއްގެ ގޮތުގައި ނޫސްވެރިން ހެދުމަށް ބޭނުންވެއެވެ. ނޫސްވެރިންނަކީ އިންތިހާބުގައި އެންމެ މުހިންމު ދައުރެއް އަދާކުރާނެ އެއް ފަރާތްތަކެވެ. ކޮންމެ އިންތިހާބަކަށްވެސް ނޫސްވެރިންނަށް މައުލޫމާތުދީ ނޫސްވެރިން ތަމްރީނުކުރަން އެބަޖެހޭކަމަށެވެ. ޕްރޮގްރާމު ބައްޓަން ކުރެވިގެންދާނީ ނޫސްވެރިންނަށް އިންތިހާބުގެ ކަންކަން ކަވަރުކުރުމާއި މައުލޫމާތު ފޯރުކޮށްދިނުމުގެ މުހިންމުކަމުގެ މައްޗަށްށެވެ.

އަކުރަމު ވިދާޅުވީ މީޑިއާތަކަށް ހާއްސަކޮށްގެން ބާއްވާ ތަމްރީނު ޕްރޮގްރާމް ބާއްވާނީ ހުރިހާ މީޑިއާއަކަށްވެސް ފަސޭހަ ވަގުތެއްގައި އެކަމަށް މީޑިއާތަކުން އެދުމުން ކަމަށެވެ. އެހެންކަމުން މީޑިއާތަކުން މި ޕްރޮގްރާމުގައި ބައިވެރިވާނެ ނޫސްވެރިންގެ އަދަދާއި ދުވަހެއް އެންގުމުން ޕްރޮގްރާމު ފެށޭނެ ކަމަށް އަކުރަމް ވިދާޅުވިއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355