twitterviber whatsapp telegramfacebookyoutube instagram
25th April 2024

ކާރިސާތަކަށް އަހުލުވެރިކުރުމުގެ ހާއްސަ ޕްރޮގްރާމެއް ހދ. އަތޮޅު ސްކޫލުގައި ހިންގައިފި

Jul 9, 2018

ޤުދުރަތީ ކާރިސާތަކުން ރައްކާތެރިވުމަށް ހެދިފައިވާ ޕްލޭނަށް ފަރިތަކުރުމުގެ ގޮތުން ހދ.ވައިކަރަދޫ ސްކޫލުގައި އެމް.އެން.ޑީ.އެފުން ހާއްސަ ޕްރޮގްރާމެއް ހިންގައިފިއެވެ.

މި ޕްރޮގްރާމަކީ، ސްކޫލު ފެންވަރުގައި ކާރިސީ ހިރާސް ބެލެހެއްޓުމުގެ ގޮތުން މިނިސްޓްރީ އޮފް އެޑިއުކޭޝަނުން އިސްނަގައިގެން ސްކޫލުތަކުގައި ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމް ކުރިއަށްގެންގޮސްފައިވަނީ އެމްއެންޑީއެފް ނޮދަން އޭރިއާގެ ސިފައިންނާއި، އެންޖީއޯތަކާއި ކަމާ ގުޅުން ހުރި މުއައްސަސާތަކުގެ ފަންނީ އެހީތެރި ކަމާއެއެކުގައިކަމަށް އެމްއެންޑީއެފުން ހާމަކުރެޔެވެ.

މި ޕްރޮގްރާމުގައި ގުދުރަތީ ކާރިސާއެއް މެދުވެރި ވެއްޖެނަމަ، ރައްކާތެރިކަމުގެ ފިޔަވަޅު އަޅަންވީ ގޮތާއި، ކާރިސާ ތަކުން ލިބޭ ގެއްލުން ކުޑަކުރެވިދާނެ ގޮތްތަކާއި ގުދުރަތީ ކާރިސާއެއް މެދުވެރިވާ ހާލަތެއްގައި ސްކޫލް ފެންވަރުގައި ރައްކާތެރި ވުމަށް ޕްލޭން ކުރާނެ ގޮތްތަކާ ބެހޭގޮތުންވެސް މައުލޫމާތު ހިއްސާ ކޮއްފައިވާ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

މީގެ އިތުރުން، އަލިފާނުގެ ހާދިސާއެއް ހިނގައިފިނަމަ ޢަމަލު ކުރާނެ ގޮތްތަކާއި، އަލިފާންނިވި އާއި ފަޔަރ ބްލޭންކެޓް ބޭނުންކުރާނެ ގޮތްތައް ޢަމަލީގޮތުން ބައިވެރިންނަށް ދަސްކޮށްދީފައިވާކަމަށްވެސް އެމްއެންޑީއެފުން ބުނެއެވެ.

މި ޕްރޮގްރާމްގައި މައުލޫމާތު ދިނުމަށް ހަރަކާތްތެރިވެފައިވަނީ އެމްއެންޑީއެފް ނޮދަން އޭރިއާގެ ސިފައިންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355