twitterviber whatsapp telegramfacebookyoutube instagram
27th April 2024

ރާއްޖޭހެ ހަ ދަރިވަރަކު އޭލެވެލްއިން ދުނިޔޭގެ 1 ވަނަ ހޯދައިފި

Jul 10, 2018

އޮކްޓޯބަރު/ނޮވެމްބަރުގައި ބޭއްވި އިމްތިހާނުން މުޅި ދުނިޔެ އިން އެއް ވަނަ ރާއްޖޭހެ ހަ ދަރިވަރަކު ހޯދިއިފ

އޭލެވެލްގައި އެންމެ ރަނގަޅު ނަތީޖާ ހޯދާ ދަރިވަރުންގެ އަގުވަޒަން ކުރުމަށް މިރޭ ދަރުބާރުގޭގައި ބޭއްވި “ޓްޕް އެޗީވާސް އެވޯޑް” ހަފްލާގައި ޖުމުލަ 204 ދަރިވަރަކު ވަނީ އެކިއެކި ވަނަތައް ހާސިލްކޮށްފައެވެ. އަދި އެކި މާއްދާތަކުން ރާއްޖޭގެ 45 ދަރިވަރަކު ވަނީ ދުނިޔޭގެ ގަދަ 10ގައި ހިމެނިފައެވެ.

ފަސް މާއްދާއިން އޭ ހޯދައިގެން މިދިޔަ އަހަރު 47 ދަރިވަރަކު ވަނީ އެއް ވަނަ ހޯދައިފަ އެވެ. އޭގެ ތެރެއިން ހަ ދަރިވަރަކު، ފަސް މާއްދާއިން އޭ ސްޓާ ހޯދާފައި ވެ އެވެ. މި ހަ ދަރިވަރުންނަށް ރައީސުލްޖުމްހޫރިއްޔާގެ ސްކޮލަޝިޕް ދީފައި ވެ އެވެ.

އޭލެވެލް އިމްތިހާނުގައި އެންމެ ފަހުރުވެރި ވަނަ ހޯދާފައިވަނީ އެންމެ ފުޅާ ދާއިރާއެއްގައި ޒަމާނުއްސުރެ މަތީސާނަވީ ތައުލީމް ފޯރުކޮށްދޭ ސެންޓަރ ފޯރ ހަޔަރ ސެކަންޑަރީ އެޑިއުކޭޝަންގެ ހަ ދަރިވަރެކެވެ. އެއީ އެ ސްކޫލުގެ އަހްމަދު ބާސިލް، އައިޝަތު ނާޒިޔާ، އައިމިނަތު އިބާނާ، ހުސައިން ޝަމްއާހް، މަރިޔަމް އަޒްހާ އަދި މަރިޔަމް އިންޝާއެވެ.

މިދިޔަ އަހަރުގެ މެއި/ޖޫން އަދި އޮކްޓޯބަރު/ނޮވެމްބަރު މަހުގައި ވެސް އޭ ލެވެލް އިމްތިހާނު ބާއްވާފައި ވެ އެވެ. އެގޮތުން މެއި މަހު ބޭއްވި އިމްތިހާނުން ފަސް މާއްދާއިން އޭ ހޯދައިގެން އެއް ވަނަ ލިބުނީ 44 ދަރިވަރުންނަށެވެ.

ހާސްސޯޅަ ވަނަ އަހަރުގެ އިމްތިހާނުން ރާއްޖެއިން އެއް ވަނަ ހޯދީ 38 ދަރިވަރަކެވެ. އަދި 2015 ވަނަ އަހަރު އެ އަދަދު އުޅުނީ 28 ގަ އެވެ. އެހެންކަމުން ފާއިތުވި ހަތަރު އަހަރުގެ ތަފާސްހިސާބުތަކަށް ބަލާއިރު، އޭ ލެވެލްގެ އެއް ވަނައިގައި އެންމެ ގިނަ ދަރިވަރުން ހިމެނިފައިވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު ނޮވެމްބަރު ގަ އެވެ.

މިދިޔަ އަހަރުގެ ފަހު އިމްތިހާނުން 205 ދަރިވަރަކު ގައުމީ ގަދަ 10ގައި ހިމެނެނުއިރު، މިިދިޔަ އަހަރުގެ މެއި/ޖޫންގައި ގަދަ 10ގައި ހިމެނުނު ދަރިވަރުންގެ އަދަދު އުޅުނީ 186ގަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355