twitterviber whatsapp telegramfacebookyoutube instagram
3rd June 2026

މަތީ ސާނަވީ ގަދަ 10 ގައި ޖަލާލުއްދީން ސްކޫލުގެ ދެ ދަރިވަރަކު !

Jul 11, 2018

މިދިޔަ އަހަރު ބޭއްވި އޭ ލެވެލް އިމްތިހާނުގެ ގަދަ ދިހަ ވަނާގައި ޖަލާލުއްދީން ސްކޫލުގެ ދެ ދަރިވަރަކު ހިމެނިއްޖެ އެވެ.

އޮކްޓޯބަރު/ނޮވެމްބަރުގައި ބޭއްވި އިމްތިހާނުގެ ގަދަ ދިހައަކުން ޖާގަ ހޯދި ޖަލާލުއްދީން ސްކޫލުގެ ދެ ދަރިވަރުންނަކީ ޝާހިދު ހަސަނާއި މުހަންމަދު މާއިދު އަބުދުލް މުހުސިނެވެ. މިދެ ދަރިވަރުންނަކީވެސް ކުޅުދުއްފުއްޓަށް ނިސްބަތްވާ ދެ ކުދިންނެވެ.

ޝާހިދު ހަސަން ގަދަ ތިން ވަނައިގައި ހިމެނިފައިވަނީ ހަތަރު އޭ ފާސް އަދި އެއް ސީ ފާސް ހޯދައިގެންނެވެ. ދެ އޭ އާއި ދެ ބީ އަދި އެއް ސީ ފާސް ހޯދައިގެން ގަދަ 8 ވަނައިން މުހައްމަދު މާއިދު ވަނީ ޖާގަ ހޯދާފަ އެވެ.

އޭލެވެލްގައި އެންމެ ރަނގަޅު ނަތީޖާ ހޯދާ ދަރިވަރުންގެ އަގުވަޒަން ކުރުމަށް ރޭ ދަރުބާރުގޭގައި ބޭއްވި “ޓޮޕް އެޗީވާސް އެވޯޑް” ހަފްލާގައި ޖުމުލަ 204 ދަރިވަރަކު ވަނީ އެކިއެކި ވަނަތައް ހާސިލްކޮށްފައެވެ. އަދި އެކި މާއްދާތަކުން ރާއްޖޭގެ 45 ދަރިވަރަކު ވަނީ ދުނިޔޭގެ ގަދަ 10ގައި ހިމެނިފައެވެ.

ފަސް މާއްދާއިން އޭ ހޯދައިގެން މިދިޔަ އަހަރު 47 ދަރިވަރަކު ވަނީ އެއް ވަނަ ހޯދައިފަ އެވެ. އޭގެ ތެރެއިން ހަ ދަރިވަރަކު، ފަސް މާއްދާއިން އޭ ސްޓާ ހޯދާފައި ވެ އެވެ. މި ހަ ދަރިވަރުންނަށް ރައީސުލްޖުމްހޫރިއްޔާގެ ސްކޮލަޝިޕް ދީފައިވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355