twitterviber whatsapp telegramfacebookyoutube instagram
20th April 2024

ދެ އަހަރުގެ ތެރޭގައި ސިއްހީ މަރުކަޒުތައް ޓެލެމެޑިސިން ނެޓްވޯކަކުން ގުޅާލާނަން: ރައީސް

Jul 11, 2018

ދެވަނަ ދައުރަށް އިންތިހާބުވެވަޑައިގެންފިނަމަ ފުރަތަމަ ދެ އަހަރު ތެރޭގައި ރާއްޖޭގެ ހުރިހާ ސިއްހީ މަރުކަޒުތަކެއް ޓެލެމެޑިސިން ނެޓްވޯކަކުން ގުޅާލާނެކަމަށް ރައީސުލް ޖުމްހޫރިއްޔާ އަބުދުﷲ ޔާމީން އަބުދުލްގައްޔޫމް މ.ކޮޅުފުށީ ރައްޔިތުންނާ ވާހަކަދައްކަވަމުން ވިދާޅުވެއްޖެ އެވެ.

މ އަތޮޅަށް ރައީސް ކުރައްވާ ދަތުރުފުޅުގެ އެންމެ ފަހު މަންޒިލެއްގެ ގޮތުން މިއަދު ހެނދުނު ކޮޅުފުށީ ބަނދަރު ހުޅުވާދެއްވުމަށްފަހު ވާހަކަދައްކަވަމުން ވިދާޅުވީ، ހުރިހާ ރަށެއްގެ ސިއްހީ ނިޒާމް އެއް ފެންވަރަކަށް ގެނައުމަކީ ސަރުކާރަކަށް ފަސޭހަކަމަކަށް ނުވާނެކަމަށާއި އެހެންކަމުން އެކަމަށް އޮތް ހައްލަކީ ހުރިހާ ސިއްހީ މަރުކަޒުތަކެއް އެއް ނެޓްވޯކަކުން ގުޅާލުންކަން ރައީސް ފާހަގަކުރެއްވި އެވެ.

ދުރުގައި ވަކިވަކިން އޮންނަ ރަށްރަށުގައި އެންމެ އުނދަގޫ އެއްކަމެއްގެ ގޮތުގައި ރައީސް ޔާމީން ފާހަގަކުރެއްވީ ސިއްހީ ދާއިރާއަށް ބޭނުންވާ ހުރިހާ ފުރިހަމައެއް ހުރިހާ ރަށަކަށް ކޮންދިނުން ގޮތުގަ އެެވެ.

ރައީސް ވިދާޅުވީ ކޮންމެ ރަށްރަށަކަށްވެސް ކޮންމެވެސް ފެންވަރެއްގެ ޑޮކްޓަރުންތަކެއް ގެނެސްދެވިދާނެކަމަށެވެ. އެކަމަކު ހާއްސަ ފަންނުގެ ޑޮކްޓަރުން ހޯދުމުގައި ދަތިތައް ހުރިކަމަށް ރައީސް ވިދާޅުވި އެވެ.

” 187 ރަށުގެ ސިއްހީ ނިޒާމް އެއް ފެންވަރަކަށް ގެނެއުމަކީ ފަސޭހަކަމަކަށް ނުވާނެ. އަޅުގަނޑުމެން މިދެންނެވި ކަހަލަ ބޮޑެތި ހާއްސަ ފަރުވާތަކަށް ބޮޑެތި ރަށްރަށުން ލިބޭނެ. އެއީ އަޅުގަނޑުމެންގެ މެނިފެސްޓޯ ތެރޭގައި ހިމަނާފަ އޮތް ކަމެއް”. ރައީސް ވިދާޅުވި އެވެ

މިހެން އޮންނަ ދުރު ރަށްރަށުގައި ސިއްހީ ހުރިހާ ހިދުމަތެއް ހަމަކޮށް ދިނުމަކީ ކުރެވޭނެ ކަމެއް ނޫން މިކަމަށް އޮތް އެންމެ ފަސޭހަ ހައްލަކީ މިހުރިހާ ސިއްހީ މަރުކަޒުތައް ނެޓްވޯރކަކުން ގުޅާލާފައި ސިއްހީ ދާއިރާގެ ފަރުވާ އާއި ސިއްހީ ދާއިރާގެ އެޑްވައިސް އެކަމުގެ ފަންނީ މީހުން އުޅޭ ބޮޑެތި ހޮސްޕިޓަލުތަކާ ގުޅާލުންކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅިވީ ފުރަތަމަ ދެ އަހަރު ތެރޭގައި ހުރިހާ ސިއްހީ މަރުކަޒުތަކެއް ޓެލެމެޑިސިން ނެޓްވޯކަކުން މައި ހޮސްޕިޓަލް އައިޖީއެމްއެޗްއާ ގުޅާލައި އޭގެ ފަންނީ ހާއްސަ ޑޮކްޓަރުންނާ ހިއްސާ ކޮށްގެން އެމީހުންގެ އިރުޝާދާއެކީ ބަލިމީހުންނަށް ފަރުވާކުރަމުންގެންދިއުން ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355