twitterviber whatsapp telegramfacebookyoutube instagram
24th April 2024

ރައީސް ޔާމީންގެ ވައުދު: ފުރަތަމަ ދުވަހުން ފެށިގެން ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް 5000ރ!

Jul 11, 2018

ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ދޭ އިނާޔަތް 5000ރ އަށް ބޮޑު ކުރާނެ ކަމަށް ރައީސުލްޖުމްޙޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވައުދުވެވަޑައިގަންނަވައިފި އެވެ.

މ. މުލީ ބިން ހިއްކުމުގެ ރަސްމިއްޔާތު ނިންމުމަށް ބޭއްވި ޖަލްސާއެއްގައި ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ރާއްޖޭގެ އާބާދީއަށް ބަލާނަމަ ކޮންމެ ރަށެއްގައި ހާއްސަ އެހީއަށް ބޭނުންވާ ކުދިންތަކެއް އެބަތިބި ކަމަށެވެ.

އެކި ކަންކަމުންނާއި އެކި ހިއްސުތަކުން މަހްރޫމްވެފައި ތިބި މީހުން އެބަތިބި ކަމަށް ރައީސް ފާހަގަކުރެއްވި އެވެ. އެފަދަ ކުދިން ނުވަތަ މީހުންނަކީ އުފަންވާއިރު ނުވަތަ ދިރިއުޅުމުގެ ވަކި ހިސާބަކުން ކުރިމަތިވާ ކަމެއްގެ ސަބަބުން އެ ހާލަތަށް ދާ މީހުން ކަމަށްވެސް ރައީސް ހާމަކުރިޔެވެ.

“ޤާބިލް” މި ނަމުގައި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ހާއްސަ ކޮށްގެން ހިންގާ މަސްރޫއުގެ އަމާޒަކަށް ވާނީ އެފަދަ ކުދިންގެ ތެރެއިން ވަޒީފާ ނުލިބޭ ކުދިންނަށް ވަޒީފާ ހޯދައިދިނުން ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. ހަމައެއާއިއެކު އެފަދަ ކުދިންނަށްވެސް އެކުދިންގެ ބޭނުންތައް ފުއްދުމަށް ލޯނު ނެގޭނެ އިންތިޒާމު ހަމަޖައްސައި ދެއްވާނެ ކަމަށްވެސް ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމިން ހާމަ ކުރި ގޮތުގައި އޭގެ ބޭނުމަކަށް ވަނީ އެ ކުދިންނަކީ އަމިއްލައަށް މަސައްކަތްކޮށް އަމިއްލައަށް އާމްދަނީ ހޯދޭ ކުދިންތަކަކަށް ހެދުމެވެ. އަދި އެކަން ކުރެވެންދެން މިހާރު މިހިނގާ ސަރުކާރު ކުންފުނިތަކުން ވަޒީފާ ލިބުމުގެ އިތުރުން އެކަންވެސް ވާނެއެވެ. އެކަން ނުލިބޭ ކުދިންނަށް އެމަނިކުފާނު ސަރުކާރެއްގައި ހަމަ އެންމެ ފުރަތަމަ ދުވަހުން ފެށިގެން މިއިން ކޮންމެ ކުއްޖަކަށް 5000ރ ކަށަވަރު ކޮށްދޭނެކަމަށް ވެސް ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވީ ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް އިތުރު ކަންތައްތަކެއް ކޮށްދެއްވާނެ ކަމަށެވެ. ” ދިވެހި ރާއްޖޭގެ ތާރީހްގައިވެސް އުސޫލެއްގެ ގޮތުން މި ކުދިންނަށް ވަޒީފާ ހަމަޖައްސަދިނީ މި ސަރުކާރުން ”

ރައީސް ވިދާޅުވީ ރާއްޖޭގެ ތާރީހުގައި ވެސް ހާއްސަ ނިޒާމަކާއި އުސޫލެއްގެ ދަށުން ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ވަޒީފާގެ ފުރުސަތު ތަނަވަސްކޮށްދިނީ މި ސަރުކާރުން ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355