twitterviber whatsapp telegramfacebookyoutube instagram
25th April 2024

ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ އެލަވަންސް ބޮޑުކޮށްދިނުމަށް ރައީސް ވެވަޑައިގެންނެވި ވައުދާ މެދު އަނާރާ ސުވާލުއުފައްދަވައިފި

Jul 11, 2018

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދޭ އެލަވެންސް ބޮޑު ކުރުމަށް 2014 ވަނަ އަހަރު މާލީ އެހީ ދިނުމާ ބެހޭ ގާނޫނަށް ހުށައެޅި އިސްލާހު ފާސްނުކޮށް ދެވަނަ ދައުރަކަށް އިންތިހާބުވެވަޑައިގެންފިނަމަ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ އެލަވަންސް ބޮޑުކޮށްދިނުމަށް ރައީސް އަބްދުﷲ ޔާމީން ވެވަޑައިގެންނެވި ވައުދާ މެދު މަކުނުދޫ ދާއިރާގެ މެމްބަރު އަނާރާ ނައީމް މިއަދު ސުވާލު އުފައްދަވައިފި އެވެ.

މ. އަތޮޅު މުލީއަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުން ރައީސް އިއްޔެ ވަނީ ވިދާޅުވީވެފައިވަނީ އިތުރު ދައުރަކަށް ހޮވިވަޑައިގެންފި ނަމަ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދެމުން އަންނަ އެލަވަންސް ބޮޑުކޮށްދެއްވާނެ ކަމަށް ވައުދުވެވަޑައިގެންފަ އެވެ.

އަނާރާއަކީ އެ އިސްލާހު މަޖިލާހަށް ހުށައެޅި މެންބަރެވެ. ނުކުޅެދުންތެރިކަން ހުންނަ މީހުންގެ އެލަވަންސް 5000 ބޮޑު ކުރުމަށް ހުށައެޅި އެ އިސްލާހު މަޖިލީހަށް ބަލައިގަތީ 81 މެމްބަރުންގެ ތާއީދާ އެކުގަ އެވެ. ނަމަވެސް ދެ އަހަރު ވަން ދެން ކޮމެޓީގައި އެ މައްސަލަ ބޭއްވުމަށްފަހު ވަނީ ބޭރުކޮށްލައިފަ އެވެ.

ރައީސް ޔާމީންގެ ވައުދު: ފުރަތަމަ ދުވަހުން ފެށިގެން ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް 5000ރ!

“މިހާރު” ނޫހަށް ދެއްވި އިންޓަވިއުއެއްގައި އަނާރާ ވިދާޅުވީ ހެޔޮ ނިޔަތުގައި ރައްޔިތުންނަށް ކަމެއް ކޮށްދޭން ބޭނުންވާ ނަމަ ކުރިން ވެސް އެ ފުރުސަތު ލިބިވަޑައިގަތް ކަމަށާއި ހަތަރު އަހަރު ކުރިން ހުށަހެޅި އިސްލާހެއް ބޭރުކޮށްލައި، އަލުން އެ ވައުދު ވެވަޑައިގެންނެވުމުން އެކަމުގެ ނިޔަތާ މެދު ސުވާލު އުފެދޭ ކަމަށް ވިދާޅުވި އެވެ.

އެ އިސްލާހު ބޭރުކޮށްލި ފަހުން ދެން ފެންނަން ފެށީ ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބަލުން ފަސްޓް ލޭޑީ ފާތިމަތު އިބްރާހިމް، ސިޓީ އުރަ ހިއްޕަވައިގެން ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ފައިސާ ބަހަން ފެށި މަންޒަރު ކަމަށް ވެސް އަނާރާ ވިދާޅުވި އެވެ.

މީގެ އިތުރުން އޭނާ ވިދާޅުވި ގޮތުގައި އެލަވަންސް ބޮޑުކޮށްދިނުމަށް އެދި އިސްލާހު ހުށަހެޅުމުން، ނުކުޅެދުންތެރިކަން ހުންނަ ވަރަށް ގިނަ މީހުން ގުޅައި އެ މީހުން ދިރިއުޅެމުން އަންނަ ހާލަތު ކިޔައިދިން ކަމަށެވެ. އަދި އެލަވަންސް ބޮޑު ކޮށްދިނުމަށް ހުށަހެޅުމުން އެ މީހުން ތިބީ ވަރަށް އުފަލުން ކަމަށާއި އޭރު އެ އިސްލާހު ހުށަހެޅުއްވީ ވެސް، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ބޮޑު ހަރަދެއް ހިނގާތީ، އެ އާއިލާތަކަށް ލުއެއް ހޯއްދަވައިދެއްވުމުގެ ގޮތުން ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355