twitterviber whatsapp telegramfacebookyoutube instagram
25th April 2024

މިޔަހެލި ސޯޝަލް އިނޮވޭޝަނުގެ ތިންވަނަ ކޭމްޕް ބާއްވައިފި

Jul 12, 2018

އުރީދޫ އާއި އުނައިޓެޑް ނޭޝަންސް ޑެވެލޮޕްމަންޓް ޕްރޮގްރާމް (ޔޫ.އެން.ޑީ.ޕީ) މޯލްޑިވްސް ގުޅިގެން 3 ވަނަ “މިޔަހެލި” ސޯޝަލް އިނޮވޭޝަން ކޭމްޕް ޖުލައި 5 އިން ޖުލައި 8 ގެ ނިޔަލަށް، ވ.ތިނަދޫގައި ކުރިއަށް ގެންގޮސްފި އެވެ.

މިޔަހެލި އަކީ ޒުވާނުންގެ ހިޔާލުތައް އެއްތަނަކަށް ގެނެސްދީގެން، ޑިޖިޓަލް އަދި އެހެނިހެން އާލާތްތަކުގެ އެހީގައި މުޖުތަމައުގައި ދިމާވާ ތަފާތު މައްސަލަތަކަށް އީޖާދީ ހައްލުތަކެއް ހޯދުމަށް މަސައްކަތް ކުރާ، ތިން ދުވަހުގެ ކޭމްޕް އެކެވެ.

މިއަހަރުގެ މިޔަހެލި ސޯޝަލް އިނޮވޭޝަން ކޭމްޕް ހުޅުވާލެވިފައިވަނީ، 18-30 އަހަރާއި ދެމެދުގެ ޒުވާނުންނަށެވެ. މިއަހަރުގެ ތީމެޓިކް އޭރިއާ ތަކުގެ ތެރޭގައި، ސުލްހަވެރި މުޖުތަމައުއެއް ބިނާކުރުން، މުޖުތަމައުގައި އަންހެނުން ބާރުވެރި ކުރުން، އައު ޓެކްނޮލޮޖީތަކުގެ އެހީގައި ކާމިޔާބު ވިޔަފާރިތައް ފެށުން، ޒުވާނުންގެ ހަރަކާތްތައް ނުވަތަ ޔޫތް މޫވްމަންޓްސް ބިނާކުރުން، އަދި ތިމާވެށި ރައްކައުތެރިކުރުމަށް އީޖާދީ ހައްލުތައް ހޯދުން ހިމެނެއެވެ.

ޖުލައި 5 ގައި ފެށިގެން ދިޔަ ކޭމްޕުގައި، ޚިޔާލުތައް އިތުރަށް ބިނާކުރުން، ކަސްޓަމަރ ވެލިޑޭޝަން ކުރިއަށްގެންދިއުމުގެ އިތުރުން ޕްރޮޑަކްޓް ޕްރޮޓޯޓައިޕް ހެދުން ހިމެނެއެވެ. މިޔަހެލީގައި ބައިވެރިވުމަށް ހުށަހަޅާފައިވާ ހިޔާލުތަކުގެ ތެރެއިން ހޮވިފައިވަނީ، ހަތަރު ޓީމެވެ. މީގެ ތެރޭގައި ބޭނުންކޮށްފައިވާ ތަކެތި ޑިޖިޓަލް ޕްލެޓްފޯމެއްގެ ޒަރީޢާއިން ވިއްކާ އެހެން މީހުންނަށް ފޯރުކޮށްދިނުމުގެ ވަސީލަތެއް އުފެއްދުން، އާރޓިފިޝަލް އިންޓެލިޖެންސް ބޭނުންކޮށްގެން ރާއްޖޭގެ ކަނޑުތަކުގައި ދިރިއުޅޭ މަސްމަހާމެހި ދެނެގަތުމުގެ ޕްލެޓްފޯމެއް ހެދުން، ގެވެށި އަނިޔާގެ ޝިކާރައަކަށްވާ އަންހެނުންނަށް އޮންލައިންކޮށް އެހީތެރިވެދޭނެ ސިސްޓަމެއް ޤާއިމްކުރުން އަދި ރާއްޖޭގައި ‘ސީ ސޯލްޓް”ގެ ތަފާތު ޕްރޮޑަކްޓު އުފައްދައި ތައްޔާރުކޮށް އެކްސްޕޯރޓް ކުރުމަށް ހުށަހެޅި ހިޔާލު ހިމެނެއެވެ.

އެގޮތުން މޮޅުވި ދެ ހިޔާލަކީ ރާއްޖޭގައި ‘ސީ ސޯލްޓް”ގެ ތަފާތު ޕްރޮޑަކްޓު އުފައްދައި ތައްޔާރުކޮށް އެކްސްޕޯރޓް ކުރުމަށް އަދި ބޭނުންކޮށްފައިވާ ތަކެތި ޑިޖިޓަލް ޕްލެޓްފޯމެއްގެ މެދުވެރިކޮށް އެހެން މީހުންނަށް ފޯރުކޮށްދިނުމަށް ހުށަހެޅި ދެ ހިޔާލެވެ.

މިޔަހެލި ޕްރޮގުރާމްގެ ތެރެއިން–

ކޭމްޕުގެ ފައިނަލް ޕިޗް އަށްފަހު ދެ ޓީމެއްގެ ޚިޔާލު ހަގީގަތަކަށް ހެދުމުގައި އެހީތެރިވުމަށް، އުރީދޫ އަދި ޔޫ.އެން.ޑީ.ޕީގެ ފަރާތުން ވަނީ 3000 ޑޮލަރުގެ ސީޑް ފަންޑިންގ، އަދި ބިޒްނަސް ސެންޓަރ ކޯޕަރޭޝަން އިން މެންޓަރޝިޕް އަދި ޓްރެއިނިންގެ ފުރުސަތު ލިބިފައެވެ.

އިގްތިސާދީގޮތުން ޒުވާން ކުދިން ބާރުވެރި ކުރުމަކީ، ޔޫ.އެން.ޑީ.ޕީ އަދި އުރީދޫ އިންވެސް ހާއްސަ އިސްކަމެއްދޭ ކަމަކަށްވެފައި، މިކަމަށްޓަކައި ދެކުންފުނިންވެސް ދަނީ އެކުގައި ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މީގެތެރޭގައި މިޔަހެލި، ނިރު އެކްސްލެރޭޓަރ ޕްރޮގްރާމް، އަދި އެޗްޑީސީ އާއި އެކު ކުރިއަށްގެންދަމުންދާ ސްމާޓް ސިޓީޒް ޕްރޮޖެކްޓް ހިމެނެއެވެ.

ޔޫ.އެން.ޑީ.ޕީގެ ފަރާތުން، މިޔަހެލި ކުރިއަށްގެންގޮސްފައިވަނީ އޮސްޓްރޭލިއަން ސަރުކާރުގެ އެހީގައި ކުރިއަށްދާ ގަވަނަންސް ޕްރޮގްރާމްގެ ދަށުންނެވެ. އޮސްޓްރޭލިއަން އެއިޑް ޕްރޮގްރާމް އިން ދެމެހެއްޓެނިވި ގޮތެއްގައި އިގްތިސޯދީ ކުރިއެރުންގެނައުމަށް އަދި ފަގީރުކަން ނައްތާލުމަށް ގިނަ މަސައްކަތްތަކެއް ކުރުމުގެ އިތުރުން، ޒުވާނުން ބާރުވެރިކުރުމަށް ތަފާތު އުފެއްދުންތެރި ޕްރޮގްރާމުތަކަށް އިންވެސްޓްކޮށް، އެހީތެރިވަމުންދެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355