twitterviber whatsapp telegramfacebookyoutube instagram
29th March 2024

ހައި އެޗީވާސް ސްކޮލަޝިޕް 36 ދަރިވަރަކަށް ދީފި

Jul 12, 2018

މިދިޔަ އަހަރާއި މިއަހަރު ހައި އެޗީވަރސް ސްކޮލަރޝިޕް ލިބުނު 36 ދަރިވަރުންނަށް އެކަމުގެ ލިޔުން ހަވާލުކޮށްފިއެވެ. މި ދަރިވަރުންނަށް އެވޯޑް ހަވާލުކޮށް ދެއްވީ އެޑިއުކޭޝަން މިނިސްޓަރ ޑރ.އާއިޝަތު ޝިހާމްއެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރ މަހާއި ނޮވެމްބަރ މަހު އަދި މިއަހަރުގެ ޖެނުއަރީގައި ބޭއްވި އިމްތިހާނުތަކުން ފަސް މާއްދާއިން އޭ ފާސް 41 ދަރިވަރަކު ވަނީ ހޯދާފައެވެ. އޭގެ ތެރެއިން ހައި އެޗީވާސް ސްކޮލާރޝިޕަށް ކުރިމަލާފައި ވަނީ 36 ދަރިވަރުންނެވެެ.

މި 36 ދަރިވަރަކު ވަނީ ހައި އެޗީވަރސް ސްކޮލަރޝިޕް އެވޯޑު ހޯދާފައެވެ. ހައި އެޗީވަރސް ސްކޮލަރޝިޕް އެވޯޑުގެ ދަށުން ކިޔެވުމުގެ ފުރުޞަތު ދެނީ ރާއްޖޭގެ ސްކޫލުތަކުގެ މަތީސާނަވީ އިމްތިޙާނުތަކުން ޖީ.ސީ.އީ އޭލެވެލްގެ 3 މާއްދާއިންނާއި އެޗް.އެސް.ސީގެ ދިވެހި، އިސްލާމް، މި ދެ މާއްދާއިން ދަށްވެގެން “އޭ” ފާސް ހޯދާ ދަރިވަރުންނަށެވެ.

ދަރިވަރުންނަށް ލިޔުން ހަވާލުކޮށްދެއްވުމަށް ތާޖުއްދީން ސްކޫލުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އެޑިއުކޭޝަން މނިސްޓަރ ޑރ.އާއިޝަތު ޝިހާމް ވިދާޅުވީ މަތީ ތަޢުލީމްގެ ފުރުސަތުތައް ހުރިހާ ދަރިވަރުންނަށްވެސް ފޯރުކޮށްދިނުމަކީ ސަރުކާރުގެ އަމާޒެއްކަމަށެވެ.

އެގޮތުން މި މަސައްކަތްތަކުގެ ދަށުން މި ހަފްތާތެރޭގައިވެސް ގާތްގަނޑަކަށް 600 ދަރިވަރުންނަށް ލޯނު ހަވާލުކޮށްފައިވާކަމަށާއި އަދި ލޯންގެ ދެވަނަ ބުރުގެ 500 ފުރުސަތުވެސް ވަރަށް އަވަހަށް ހުޅުވާލާނެކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. މިނިސްޓަރ ވިދާޅުވީ އަންނަ ހަފްތާތެރޭގައި މެލޭޝިއާ ސަރުކާރުން ދޭ ސްކޮލަރޝިޕްގެ ދެވަނަ ބުރުގެ 250 ސްކޮލަރޝިޕަށް ކުރިމަތި ލުމުގެ ފުރުސަތު ހުޅުވާލާނެކަމަށެވެ.

ހައި އެޗީވާސ އެވޯޑް ހާސިލްކުރި 36 ދަރިވަރުން–

އެ ރަސްމިއްޔާތުގައި މިނިސްޓަރު ވަނީ ސްކޫލު މަރުުހަލާގައި ދަރިވަރުން ހޯދި ފަދަ ރަންވަނަތައް، މަތީ ތައުލީމުގައި ވެސް ހޯދައި ގައުމަށް މަސައްކަތް ކޮށްދިނުމަށް އެދިވަޑައިގެންފަ އެވެ. އަދި ކިޔަވަން ލިބުނު ފުރުސަތުގެ ބޭނުން ރަނގަޅަށް ހިފުމަށް ވެސް ނަސޭހަތްތެރިވެވަޑައިގެންނެވި އެވެ.

މި ރަސްމިއްޔާޓުގައި ވާހަކަފުޅުދައްކަވަމުން އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޑރ.އަބްދުﷲ ނަޒީރު ވަނީ މަތީ ތަޢުލީމްގެ ހިދުމަތްތައް ފުޅާކޮށް ދިނުމަށްޓަކައި ޓާޝަރީ ސުޓޫޑެންޓް ލޯންޖެއް ހުޅުވަން ނިންމާފައިވާކަމަށެވެ. ނަޒީރު ވިދާޅުވީ “މައި އެޑިއު”ގެ ނަމުގައި ޕޯޓަލްއެއް ހުޅުވާނެކަމަށާއި މި ޕޯޓަލް އިފްތިތާޙް ކުރުމާއެކު އެޕްލިކޭޝަންތައް ބަލައިގަތުމަށް ހަމަޖެހިފައިވަނީ އެޕޯޓަލްގެ ޒަރިއްޔާއިންކަމަށެވެ.

އެ ސްކޮލަޝިޕުން ކިޔެވޭނީ ސާކް ގައުމުތަކުގެ އިތުރުން މެލޭޝިޔާ އާއި ތައިލެންޑާއި ޕިލިޕީންސް އަދި ޗައިނާ އިންނެވެ. ނަމަވެސް އެ ގައުމުތަކުގައި ދަރިވަރަކު ކިޔަވަން ބޭނުންްވާ ކޯހެއް ނުހިންގާ ނަމަ އެހެން ގައުމަކުން ވެސް މަތީ ތައުލީމް ހާސިލް ކުރުމުގެ ފުރުސަތު ލިބެ އެވެ. އެކަމަކު އެއީ ޑިޕާޓްމަންޓް އޮފް ހަޔަ އެޑިއުކޭޝަންގެ ލިސްޓުގައި ހިމެނޭ ގައުމުތަކަށް ވުރެ އަގު ހެޔޮ ނުވަތަ އެއްވަރުގެ ހަރަދުތަކެއް ހިނގާ ނަމަ އެވެ.

މިިދިޔަ އަހަރުން ފެށިގެން ސަރުކާރުން އަންނަނީ އޭ ލެވެލް އިން މަތީ ނަތީޖާ ހޯދާ ދަރިވަރުންނަށް ދެ ސްކޮލަޝިޕެއް ދެމުންނެވެ. އެއީ ހައި އެޗީވާސްގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ ސްކޮލަޝިޕެވެ. ދުނިޔޭގެ ކޮންމެ ގައުމަކުން ވެސް ކިޔެވޭ ގޮތަށް އޮންނަ ރައީސްގެ ސްކޮލަޝިޕް މިދިޔަ އަހަރުން ފެށިގެން ދެމުން އަންނަނީ ފަސް މާއްދާ އިން އޭ ސްޓާ ހޯދާ ދަރިވަރުންނަށެވެ.

ރައީސްގެ ސްކޮލަޝިޕް މިފަހަރު ލިބިފައިވަނީ ހަ ދަރިވަރުންނަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355