twitterviber whatsapp telegramfacebookyoutube instagram
20th April 2024

1 ފެބުރުއަރީ އަމުރު ތަންފީޒުކުރުމަށް ގޮވާލުމުން ދިއްދޫ ކައުންސިލްގެ މެމްބަރުންނާއި އިދާރީ މުއްވަޒަަފަކަށް ދައުވާކޮށްފި

Jul 12, 2018

1 ފެބުރުއަރީގައި ދިވެހި ރާއްޖޭގެ ސުޕްރީމް ކޯޓްގެ ފަސް ފަނޑިޔާރުންގެ އިއްތިފާގު ނެރުނު އަމުރު ތަންފީޒުކުރުމަށް ގޮވާލައި ހއ. ދިއްދޫ ކައުންސިލް މެންބަރުން ސޮއިކުރައްވައި ނެރުނު ބަޔާނާ ގުޅިގެން އެ މެންބަރުންގެ މައްޗަށް ޖިނާއީ ދައުވާ އުފުލައިފި އެވެ.

ސްޕްރީމްކޯޓުގެ އަމުރު ތަންފީޒު ކުރުމަށް ގޮވާލައި ދިއްދޫ ކައުންސިލް އިދާރާއިން ނެރުނު ނޫސްބަޔާނާއި ގުޅިގެން ދައުވާކުރަނީ ދިއްދޫ ކައުންސިލްގެ ރައީސް އަލީހާޝިމާއި، ކައުންސިލްގެ ނައިބު ރައީސް މުހައްމަދު ހާޝިމާއި، ކައުންސިލް މެމްބަރު ޒުހުރާގެ އިތުރުން، ދިއްދޫ ކައުންސިލްގެ ޒިންމާދާރު ވެރިޔަކަށް އޭރު ހުރި އަބުދުﷲ މަތީނަށެވެ.

އަލީ ހާޝިމްގެ މައްޗަށް ޕްރޮސިކިއުޓާ ޖެނަރަލްގެ ފަރާތުން ތިން ދައުވާއެއް އުފުލާފައިވެ އެވެ. އެއީ އަދުލު އިންސާފު ގާއިމުކުރަން ހުރަސް އެޅުމުގެ ދައުވާ އާއި އެނގިހުރެ ސައްހަ ނޫން ލިޔުން ތެދުކަން ދެއްކުމުގެ ދައުވާ އާއި ސައްހަ ނޫން ގޮތުގައި ލިޔުމެއް އުފެއްދުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އެވެ.

އަނެއް ތިން ބޭފުޅުންގެ މައްޗަށް އުފުލީ ސައްހަ ނޫން ގޮތުގައި ލިޔުމެއް އުފެއްދުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އެކަންޏެވެ. ދައުވާ ކޮށްފައިވަނީ ބަޔާން ނެރުނީ ކައުންސިލް ބައްދަލުވުމެއް ނުބާއްވާ ކަމަށް ބުނެ އެވެ.

މައްސަލާގެ ލިޔުންތައް ހަވާލުކުރުމަށް މާދަމާ ދިއްދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުވާން ހަތަރު ބޭފުޅުން ވަނީ ޗިޓް ފޮނުވާފަ އެވެ.

މީގެ ކުރިން އެނޫސް ބަޔާން ނެރުނު މައްސަލައިގައި އެލްޖީއޭއިން ދިއްދޫ ކައުންސިލް މެމްބަރުން 1 މަސްދުވަހަށް ސަސްޕެންޑް ކުރި އެވެ އަދި ސުޕްރީމް ކޯޓުގެ އަމުރު ތަންފީޒުކުރުމަށް ގޮވާލައި ނޫސްބަޔާން ނެރުނު ހުރިހާ ކައުންސިލެއްގެ ކައުންސިލަރުންވެސް މުސާރަ ނުލިބޭ ގޮތަށް އެލްޖީއޭއިން މީގެ ކުރިން ސަސްޕެންޑް ކޮށްފައިވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355