twitterviber whatsapp telegramfacebookyoutube instagram
26th April 2024

ދުވަސްވީ އަންހެނަކު ގޭގައި ނިދާފައި އޮތްވާ ވަގު ވަދެ، ކަރުގަ އޮތް ރަންފަށް ފޭރިގަނެއްޖެ

Jul 12, 2018

ދުވަސްވީ އަންހެނަކު ގޭގައި ނިދާފައި އޮތްވާ ވަގު ވަދެ، އެމީހާ ކަރުގަ އޮތް ރަންފަށް ފޭރިގަނެއްޖެ އެވެ.

މިމަހު ފުރަތަމަ ދުވަހު ކުޅުދުއްފުށީގައި ހިނގި ވައްކަމުގެ މިހާދިސާގައި ފޭރިގަނެފައިވަނީ އުމުރު 70 ވުރެ މައްޗަށް ގޮސްފައިވާ އަންހެނެއްގެ ކަރުގައި އޮތް ފަލަ ރަންފަށެކެވެ.

ގޭގެ އެއްބައިގައި އެކަނި އުޅޭ މި އަންހެން މީހާގެ ގެއަށް ވަގު ވަދެފައިވަނީ ދޮރެއްގެ ތަނޑު ނައްޓައިގެންނެވެ. ކޭއޯއަށް މައުލޫމާތު ދެމުން އެމީހާ ބުނީ ކަރުގަ އޮތް ރަންފަށް ފޭރިގަނެފައިވަނީ ބޮޑުއަށި މަތީގައި ނިދާފައި އޮތްވާ ވަދެ އެވެ. އޭރު ގަޑިން މެންދަމު 3:45 ހާއިރު އެވެ.

އޭނާ ބުނީ ހޭލެވުނީ ކަރަށް ބާރުވެގެން ކަމަށާއި އޭރު ވަގު ކަލޭގެ ހުރީ ކަރުގައި އޮތް ފަށުގައި ހިފައިގެން ކަމަށެވެ. ހޭލެވުމާއެކު ހަޅޭލަވަން މަސައްކަތްކުރި ނަމަވެސް އެވަގުތުން ބިރުން ހުރިވަރުން ހަޅޭވެސް ނުލެވުނު ކަމަށް އެމީހާ ބުންޏެވެ.

އެމީހާ ބުނީ ހަމަ އެވަގުތު ފުލުހަށް ގޮސް އެކަން ރިޕޯޓްކުރިކަމަށާއި ނަމަވެސް ބަޔާން ނެގުން ފިޔަވާ އިތުރު އެއްވެސް މައުލޫމާތެއް މިހާތަނަށް ފުލުހުން ދީފައިނުވާ ކަމަށެވެ. އެމީހާ ބުނީ މީގެ ކުރިންވެސް އެފަދަ ތިން މައްސަލައެއް ފުލުހުންނަށް ހުށަހެޅި ނަމަވެސް އެފަހަރުތަކުގައިވެސް އެމައްސަލަތައް ބެލިފައިނުވާކަމަށް އޭނާ ބުންޏެވެ.

އެ ރެއަށް ފަހު ނަފްސާނީ ގޮތުން އެ އަންހެން މީހާއަށް ވަނީ ވަރަށް ބޮޑަށް އަސަރުކޮށްފައިވެ އެވެ. އޭނާ ބުނީ އެ ރެއަށް ފަހު ވަރަށް ބޮޑަށް ބިރުގެންފައިވާ ކަމަށާއި ކަންފަތުގައި ލާފައިވާ ދެ ރަން ދެ ބޮޅުވެސް މިހާރު ނަގާފައިވާ ކަމަށެވެ.

ވައްކަމުގެ މައްސަލަތައް ކުޅުދުއްފުށީގައި ބޮޑުވެފައިވާތީ އެކަމުގެ ޝަކުވާ ރައްޔިތުން އަންނަނީ ކުރަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355