ކުޅުދުއްފުށީގައި ދެ ސައިކަލް ޖެހި ހިނގި އެކްސިޑެންޓްގައި ސައިކަލް ދުއްވަން ތިބި ދެ މީހުންނަށް އަނިޔާވެއްޖެ އެވެ.
މިއަދު މެންދުރު ޒޯން ސްޑިއަމްއާ ދިމާ އަމީނީމަގުގައި ހިނގި މި އެކްސިޑެންޓްގައި އެއް ސައިކަލް ދުއްވަން އިނީ ގާތްގަނޑަކަށް 31 އަހަރުގެ އަންހެނެކެވެ. އަނެއް ސައިކަލް ދުއްވަން އިނީ 50 އަހަރާ ގާތް ކުރާ އުމުރުގެ ފިރިހެނެކެވެ.
މި އެކްސިޑެންޓްގައި ބޮޑަށް އަނިޔާވީ ފިރިހެން މީހާއަށެވެ. އެމީހާގެ ކޮނޑުކަށިގަނޑުގައި ރެނދެއްލާފައިވާއިރު ބައެއް ތަންތަން މަށައިގެންގޮސްފައިވެ އެވެ.
އެކްސިޑެންޓްގެ ތެރެއިން–
އެ ފިރިހެން މީހާއަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ އައިސީޔޫގައި މިހާރު ފަރުވާދެމުންދާއިރު ބޮލަށް ލިބިފައިވާ ގެއްލުން ބެލުމަށްޓަކައި މާލެ ފޮނުވުމުގެ މަސައްކަތް ކުރަމުންދާކަމަށް އާއިލާގެ މެމްބަރު ވަނީ މައުލޫމާތުދީފަ އެވެ.
އެކްސިޑެންޓްގެ ތެރެއިން–
މިއެކްސިޑެންޓްގައި ދެ ސައިކަލަށްވެސް އެކި ވަރުގެ ގެއްލުންތައް ވަނީ ލިބިފަ އެވެ.