twitterviber whatsapp telegramfacebookyoutube instagram
21st September 2026

ކުޅުދުއްފުށީގައި ތެޔޮ ޝެޑެއް ހެދުމަށް އިތުރު ބަޔަކަށް ބިމެއް ދޫކޮށްފި

Jul 16, 2018

ކުޅުދުއްފުށީގައި ތެޔޮ ޝެޑެއް ހެދުމަށް އިތުރު ބަޔަކަށް 25 އަހަރަށް ބިމެއް ދޫކޮށްފި އެވެ. ބިން ދޫކޮށްފައިވަނީ ޕްރިމިއަމް ފިއުލް ނަމަކަށް ކިޔާ ކުންފުންޏަކަށެވެ.

ކައުންސިލުން މައުލޫމާތުދޭގޮތުގައި ތެޔޮ ޝެޑް ހެދުމަށް ބިން ދޫކޮށްފައިވަނީ ލޯކަލް ބަނދަރުގެ، ތެޔޮ ޝެޑް ހެދުމަށް ހާއްސަ ކުރެވިފައިވާ ސަރަހައްދުން ކަމަށެވެ.

2000 ހަކަފޫޓްގެ މި ބިމަކީ ނިމިދިޔަ ކައުންސިލްގައި އެގްރިމެންޓްކުރެވި ދޫކޮށްފައިވާ ބިމެއް ނަމަވެސް ގާނޫނީ ބައެއް ކަންކަމާ ހެދި އެކުންފުންޏާ ހަވާލުނުކުރެވި ލަސްވެގެންދިޔަ ކަމެކެވެ.

ޕްރިމިއަމް ފިއުލްއަށް ތެޔޮ ޝެޑް ހެދުމަށް ބިން ދޫކޮށްފައިމިވަނީ ކުރީގައި ކުރިމަތިވި ގާނޫނީ މައްސަލަތައް ހައްލުކުރުމަށްފަހު މި ޖުލައި އެއްވަނަ ދުވަހު އެވެ. ބިން ދޫކޮށްފައިމިވަނީ މަހަކަށް 17،000ރ އަށެވެ.

ކުޅުދުއްފުށީގައި ޝެޑް ހަދައިގެން ތެލުގެ ވިޔަފާރިކުރަމުންދަނީ ހަމައެކަނި އެތުމާއިންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293