twitterviber whatsapp telegramfacebookyoutube instagram
19th February 2026

ށ. ފުނަދޫ މަގުތަކުގައި ތާރު އެޅުމުގެ އަމަލީ މަސައްކަތް ފަށައިފި

Aug 1, 2018

ރަށްރަށުގެ މަގުތައް ހެދުމަށް ފައްޓާފައިވާ މަސްރޫއުގެ ދަށުން ށ.ފުނަދޫ މަގުތަކުގައި ތާރު އެޅުމުގެ އަމަލީ މަސައްކަތް ފަށައިފި އެވެ.

ށ. ފުނަދޫ މަގު ހެދުމުގެ މަސްރޫއުގެ ދަށުން ފުނަދޫގެ ސާޅިސް އިންސައްތަ މަގު ގައި ތާރު އެޅުމަށް ވަނީ ހަމަޖެހިފައެވެ. މި މަސައްކަތް ކުރަމުންދަނީ އެމްޓީސީސީއާ ހަވާލުކޮށްގެންނެވެ.

ށ. ފުނަދޫ މަގެއްގައި ތާރުއެޅުމުގެ މަސައްކަތް ކުރިއަށްދަނީ–

ފުނަދޫގައި މި މަސްރޫއުގެ ދަށުން މަގުތަކުގައި ކާނު ހަދައި، ޕޭމަންޓު ވަނީ ނިންމާފައެވެ. އަދި ތާރުއަޅަން ހަމަޖެހިފައިވާ ހުރިހާ މަގެއްގައި މިހާރު ވަނީ ހިލަ އަޅާ އެއްވަރުކޮށް ނިންމާފައެވެ.

ށ. ފުނަދޫ މަގެއްގައި ތާރުއެޅުމުގެ މަސައްކަތް ކުރިއަށްދަނީ–

ކޭއޯއަށް މައުލޫމާތު ދެއްވަމުން ފުނަދޫ ކައުންސިލްގެ ރައީސް އަހުމަދު އިބްރާހީމް ވިދާޅުވީ، އެރަށުގެ މަގުހެދުމުގެ މަސައްކަތް އިއްޔެ އަމަލީގޮތުން ފަށާފައިވާއިރު މަސައްކަތް މި އޯގަސްޓް މަސް ނިމުމުގެ ކުރިން ނިންމާލެވޭނެ ކަމުގެ ވަރަށް ބޮޑު ޔަގީންކަން އެބަ އޮތް ކަމަށެވެ.

ށ. ފުނަދޫ މަގެއްގައި ތާރުއެޅުމުގެ މަސައްކަތް ކުރިއަށްދަނީ–

އަހުމަދު ވިދާޅުވީ މި ސިޔާސަތުގެ ދަށުން ފުނަދޫގެ މަގުތައް ރަނގަޅު ފެންވަރެއްގައި ތަރައްގީ ކޮށްދެއްވާތީ ފުނަދޫގެ ރައްޔިތުން ވަރަށް އުފަލާއެކު ސަރުކާރަށް ޝުކުރުވެރިވާކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355