twitterviber whatsapp telegramfacebookyoutube instagram
25th April 2024

ދެ ކައުންސިލް ގުޅިގެން ނޮޅިވަރަމްގައި ހެދި ދެ ކޮޓަރީގެ އެޕާޓްމަންޓް ހުޅުވައިފި

Aug 6, 2018

ހދ. އަތޮޅު ރަށްރަށުގެ ކައުންސިލްތަކުގައި މާލިއްޔަތު އިތުރުކުރުމުގެ ގޮތުން ހދ އަތޮޅު ކައުންސިލާއި ނޮޅިވަރަން ކައުންސިލް ގުޅިގެން އިމާރާތްކުރި 2 ކޮޓަރީގެ އެޕާޓްމަންޓްގެ މަސައްކަތް ނިންމާ، ހުޅުވައިފި އެވެ.

މިއީ ހދ އަތޮޅު ކައުންސިލާއި ރަށު ކައުންސިލްތައް ގުޅިގެން، ކޮންމެ ރަށެއްގައިވެސް ކުރިއަށްގެންދާ ތަރައްޤީގެ މަޝްރޫއުއެކެވެ. މިމަޝްރޫއުގެ ބޭނުންމަކީ ރަށު ކައުންސިލުތަކުގެ މާލިއްޔަތަށް ފައިސާ އިތުރުކުރުމެވެ.

މިކަމަށްޓަކާ މިއަދު ނޮޅިވަރަމްގައި ބޭއްވި ރަސްމިއްޔާތުގައި ދެ ކޮޓަރީގެ މި އެޕާޓްމަންޓް ހުޅުވައިދެއްވީ ހދ އަތޮޅު ކައުންސިލްގެ ރައީސް ހުސެއިން ހަސަން އާއި ނޮޅިވަރަމް ކައުންސިލްގެ ރައީސް އިބުރާހިމް ރަޝީދެވެ.

ނޮޅިވަރަމްގައި ދެ ކޮޓަރީގެ އެޕާޓްމަންޓް އިމާރާތްކުރުމުގެ ބިންގާ އަޅާފައިވަނީ މިއަހަރު ފެބްރުއަރީމަހުގެ ތެރޭގައި އެވެ. އެރަށު އަލްނާ ކާޕެންޓްރީއާ ހަވާލުކޮށްގެން ހެދި މިތަން އިމާރާތްކުރުމަށް 350،000ރ ހަރަދުކޮށްފައިވެ އެވެ. އެއީ ހދ އަތޮޅު ކައުންސިލުން ދިން 175،000ރ އާއި ނޮޅިވަރަމް ކައުންސިލްގެ ބަޖެޓުން ހަރަދުކުރި 175،000ރ އެވެ.

ނޮޅިވަރަމްގައި ދެ ކައުންސިލް ގުޅިގެން އިމާރާތްކުރި ދެ ކޮޓަރި އެޕާޓްމަންޓް ހުޅުވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން–

ހދ އަތޮޅު ކައުންސިލާއި ރަށު ކައުންސިލްތައް ގުޅިގެން ހިންގާ މިޕްރޮޖެކެޓްގެ ދަށުން މިމަޝްރޫއު ފަސް ރަށެއްގައި ދަނީ ކުރިއަށެވެ. އެއީ ކުޅުދުއްފުއްޓާއި ނޮޅިވަރަމް، ނެއްލައިދޫ، ކުމުންދޫ އަދި ނޭކުރަންދޫގަ އެވެ. މިތަނުން ކުޅުދުއްފުއްޓާއި ނޮޅުވަރަމްގައި މިމަސައްކަތް ވަނީ ނިންމާލާފަ އެވެ.

ނޮޅިވަރަމްގައި ދެ ކޮޓަރި ނިންމާ މިއަދު ހުޅުވާލާފައިވާއިރު ކޮޓަރިއެއް ދޫކުރުމަށް ނިންމާފައިވަނީ 400ރ އަށެވެ. މި އެޕާޓްމަންޓްއަށް ކިޔާފައިވަނީ “ކައުންސިލް ހިޔާ” އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355