twitterviber whatsapp telegramfacebookyoutube instagram
28th March 2024

އަތޮޅު ލެވެލްގައި އެންމެ ބިޔަ ފްރޮޖެކްޓެއް ހިންގަނީ ހދ އަތޮޅު ކައުންސިލުން: ކައުންސިލް ރައީސް

Aug 6, 2018

މުޅި ރާއްޖެއަށް ބެލިނަމަވެސް ރަށްރަށުގެ ތަރައްގީއަށް އަތޮޅު ކައުންސިލަކުން ނުކުރާވަރުގެ ހަރަދު މިކައުންސިލުން އަތޮޅުގެ ރަށްތައް ތަރައްގީކުރުމަށް ކުރާކަމަށް ހދ އަތޮޅު ކައުންސިލްގެ ރައީސް ހުސެއިން ހަސަން ވިދާޅުވެއްޖެ އެވެ.

ހދ އަތޮޅު ކައުންސިލާއި ނޮޅިވަރަމް ކައުންސިލް ގުޅިގެން އިމާރާތްކުރި ދެ ކޮޓަރީގެ އެޕާޓްމަންޓް ހުޅުވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަަކަދައްކަވަމުން ހުސެއިން ވިދާޅުވީ އަތޮޅު ކައުންސިލްގެ ހުރިހާ ކައުންސިލަރުންވެސް މަސައްކަތްކުރައްވަނީ ހދ އަތޮޅުގެ ތަރައްގީއަށް ކަމަށާއި އަތޮޅު ކައުންސިލަކުން މިފަދަ ޕްރޮޖެކްޓެއް ހދ އަތޮޅު ކައުންސިލުން ނޫނިއްޔާ މުޅި ރާއްޖެއަށް ބެލިޔަސް ހިންގަމުން ނުދާކަމަށް އޭނާ ވިދާޅުވި އެވެ.

” އަޅުގަނޑަށް މައުލޫމާތު ލިބިފައިވާގޮތުގައިވާ ނަމަ ދިވެހި ރާއްޖޭގެ އެއްވެސް އަތޮޅު ކައުންސިލަކުން މިފަދަ ބިޔަ ޕްރޮޖެކްޓެއް އަތޮޅު ކައުންސިލް ލެވެލްގައި އަދި ނުހިންގާ.” ހދ އަތޮޅު ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.

މިޕްރޮޖެކްޓް މިހިންގެނީ އަތޮޅުގެ ރަށްރަށުގެ ކައުންސިލްތަކުންނާއި އަތޮޅު ކައުންސިލްގެ މެމްބަރުންނާއި މުވައްޒަފުން ގުޅިގެން ކުރާ ބުރަ މަސައްކަތުން ކަމަށް ހުސެއިން ވިދާޅުވި އެވެ. ހދ އަތޮޅު ކައުންސިލުން މިދައުރުގައި ކުރާ ހޭދައަކީ އަތޮޅު އޮފީހުން ފެށިގެން އަތޮޅު ކައުންސިލް އުފެދިގެން މިއަދާ ހަމައަށް އައިއިރު އެއްވެސް ކައުންސިލަކުން ހަރަދު ނުކުރާ ވަރުގެ އަދަދެއް ހދ އަތޮޅު ކައުންސިލުން އަތޮޅުގެ ރަށްތައް ތަރައްގީކުރަން މިހާރު ހަރަދުކުރާ ކަމަށް ހުސެއިން ވިދާޅުވި އެވެ.

ހދ އަތޮޅުގެ ކޮންމެ ރަށެއްގައި ތަރައްގީގެ މަޝްރޫއުއެއް ހިންގުމުގެ ގޮތުން ހދ އަތޮޅު ކައުންސިލުން އިސްނަގައިގެން ރަށު ކައުންސިލްތަކާ ގުޅިގެން މިއަހަރު ކުރީކޮޅު ފެށި މިމަޝްރޫއުގެ ދަށުން ދެ ކޮޓަރި އެޕާޓްމަންޓް އިމާރާތްކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އެގޮތުން މިމަޝްރޫއު ފަސް ރަށުގައި ފެށިގެން ކުރިއަށްދާއިރު ނޮޅިވަރަމާއި ކުޅުދުއްފުށީގައި އިމާރާތްކުރި ދެ ކޮޓަރި އެޕާޓްމަންޓްގެ މަސައްކަތް ވަނީ ނިންމާ ހުޅުވާފައިވެ އެވެ.

ރަށްރަށުގެ މާލިއްޔަތު އިތުރުކުރުމުގެ ގޮތުން ކުރިއަށްގެންދާ މި މަޝްރޫއުއަށް އަތޮޅު ކައުންސިލްގެ ބަޖެޓުން ކޮންމެ ރަށްރަށަކަށް 175،000ރ ދެ އެވެ. ދެ ކޮޓަރީ އެޕާޓްމަންޓް ހެދުމުގެ މަސައްކަތް މިހާރު ކުރަމުންދަނީ ހދ ނޭކުރަންދޫ އާއި ނެއްލައިދޫ އަދި ކުމުންދޫގަ އެވެ.

ތިން އަހަރުގެ މިދައުރު ނިމޭއިރު އަތޮޅުގެ 13 ރަށުގައި ތަރައްގީގެ މަޝްއޫރު ހިންގާނެކަމަށް ހުސެއިން ވިދާޅުވި އެވެ. މިމަޝްރޫއުތައް ކުރިއަށްދަނީ ހދ އަތޮޅު ކައުންސިލުންގެ ހުރިހާ މެމްބަރުންނާއި މުވައްޒަފުންގެ ބުރަ މަސައްކަތުންކަން ފާހަގަކޮށް އެފަރާތްތަކަށް ހުސެއިް ވަނީ މިރަސްމިއްޔާތުގައި ޝުކުރުއަދާކުރައްވާފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355