twitterviber whatsapp telegramfacebookyoutube instagram
15th August 2026

މާފިނޮޅުގައި އެއާޕޯޓް އެޅުމަށް ބޭނުންވާ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފަށައިފި

Aug 7, 2018

ހއ.ހޯރަފުށީ ކައިރީގައި އަޅާ މާފިނޮޅު އެއަރޕޯޓް އެޅުމަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމްޓީސީސީން ފަށައިފިއެވެ.

މި އެއަރޕޯޓް އެޅުމަށް ހަމަޖެހިފައިވަނީ ހޯރަފުށީ ކައިރީގައި އޮންނަ މާފިނޮޅުން 16 ހެކްޓަރުގެ ބިން ހިއްކައިގެންނެވެ.

އެމްޓީސީސީގެ ޖެނެރަލް މެނޭޖަރ މުހައްމަދު ހުޝާމް ހާމަކުރި ގޮތުގައި، މި އެއާޕޯޓް އެޅުމަށް މާފިނޮޅު ހިއްކުމުގެ މަސައްކަތް ކުރަނީ އެމްޓީސީސީގެ ކޮންނަ ބޯޓް މަހާޖައްރާފާ އާއި ކަޓަރ ޑްރެޖަރ ބޭނުންކޮށްގެން ކަމަށެވެ.

203 ދުވަހުގެ ތެރޭގައި ބިންހިއްކުމުގެ މަސައްކަތް ނިންމާލެވޭނެ ކަމަށްވެސް ހުޝާމް ހާމަކުރިޔެވެ.

މާފިނޮޅު ބިންހިއްކުމުގެ މަޝްރޫއުގެ ދަށުން، 888 މީޓަރުގެ ރިވެޓްމަންޓެއް ޖެހުމަށް ހަމަޖެހިފައިވާ ކަމަށް އެމްޓީސީސީން ބުނެއެވެ.

މި އެއަރޕޯޓަކީ އެކެއް ޕޮއިންޓް ދޭއް ކިލޯ މީޓަރުގެ ދިގު ރަންވޭއަކާއެކު ތަރައްގީކުރާ އެއަރޕޯޓެކެވެ. މި މަޝްރޫއަށް ދައުލަތުގެ ބަޖެޓުން 68 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދުވާނެ ކަމަށް އެމްޓީސީސީން ހާމަކުރެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355