twitterviber whatsapp telegramfacebookyoutube instagram
19th April 2024

އެމްއެލްއައި އާއި ޔޫ.އެން.ޑީ.ޕީ ގުޅިގެން ކުޅުދުއްފުށީގައި ‘ޕްރެކްޓިކަލް ލީގަލް ޓްރެއިނިންގް’ ޕްރޮގްރާމެއް ބާއްވަނީ

Aug 7, 2018

މޯލްޑިވްސް ލޯ އިންސްޓިޓިއުޓް (އެމް.އެލް.އައި) އަދި ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާމް (ޔޫ.އެން.ޑީ.ޕީ) ގުޅިގެން ކުޅުދުއްފުށީގައި ‘ޕްރެކްޓިކަލް ލީގަލް ޓްރެއިނިންގް’ ޕްރޮގްރާމް އެއް ބޭއްވުމަށް ގަސްތުކޮށްފައިވެއެވެ.

ދިވެހިރާއްޖޭގެ ރައްޔިތުންނަށް ދިމާވާ އާންމު މައްސަލަތަކާއިމެދު ހޭލުންތެރިކުރުމަށް އަދި ޕްރޮގްރާމްގައި ބައިވެރިވާ ބޭފުޅުން ކުޅުދުއްފުށީގެ ރައްޔިތުންނަށް ޤާނޫނީ އެހީ ފޯރުކޮށްދިނުމަށް ތަމްރީން ކުރުމަށް ބާއްވާ މި ޕްރޮގްރާމްގެ ބައިވެރިން ތަމްރީން ކުރެވިގެންދާނީ ބިމާއި ބެހޭ މައްސަލަ، ކައިވެނި، ވަރި، ހަލޯނާތު، އަދި ގެވެށި އަނިޔާ ފަދަ މައްސަލަތައް ދިމާވުމުން އަޅަންޖެހޭ ޤާނޫނީ ފިޔަވަޅު އެޅާނޭ ގޮތްތަކަށެވެ.

ކުޅުދުއްފުށީ ކައުންސިލްގެ އިދާރާގެ މާލަމުގައި ބޭއްވޭ މި ޕްރޮގްރާމް 3  ދުވަހެއްގެ މައްޗަށް ބަހާލައިގެން ކުރިއަށް ގެންދާނީ 10 އޯގަސްޓް 2018 ވަނަ ދުވަހުން 12 އޯގަސްޓް 2018 ވަނަ ދުވަހަށެވެ.

ޕްރޮގްރާމްގެ ބައިވެރިންނަށް ބައިވެރިވިކަމުގެ ލިޔުމެއް ލިބިވަޑައިގަންނާނެއެވެ. ޕްރެކްޓިކަލް ލީގަލް ޓްރެއިނިންގް ގެ ފުރަތަމަ ސެޝަން ބޭއްވޭނީ 10 އޯގަސްޓް 2018 ވަނަ ދުވަހު މެންދުރު 2:30 އިން ފަށައިގެން، ރޭގަނޑު 8:00 ޖަހަންދެނެވެ. 11 އޯގަސްޓް 2018 އަދި 12 އޯގަސްޓް 2018 ވަނަ ދުވަސްތަކުގައި ސެޝަންތައް ބޭއްވޭނީ ހެނދުނު 8:30 އިން ފެށިގެން ރޭގަނޑު 8:30 ވަންދެނެވެ.

މި ޕްރޮގްރާމްގައި ބައިވެރިވުމަށް ހުށަހަޅާ ފޯމުތައް ކައުންސިލްގެ އިދާރާގެ އޮފީހުން ލިބިވަޑައިގަންނަވާނެއެވެ. މީގެ އިތުރުން އޮންލައިންކޮށް ފޯމު ފުރުމުގެ ފުރުސަތު ވެސް ހުށަހެޅިފައިވެއެވެ. އެޕްލިކޭޝަން ބަލައިގަންނަ އެންމެ ފަހު ތާރީޙަކީ 9 އޯގަސްޓް 2018 ވަނަ ދުވަހެވެ.

އިތުރު މައުލޫމާތު ލިބިގަތުމަށް ގުޅުމަށް ހަމަޖެހިފައިވަނީ ކައުންސިލްގެ އެސިސްޓަންޓް ޑިރެކްޓަރ އަލްފާޟިލް އިސްމާޢީލް އިބްރާހިމް (6527174) އަށް ނުވަތަ މޯލްޑިވްސް ލޯ އިންސްޓިޓުޓްގެ މީޑިއާ އޮފިސަރ ފާތިމަތު ޔާސްމީން ޝަމާލް (7499164) އަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355