twitterviber whatsapp telegramfacebookyoutube instagram
20th April 2024

“ޑްރީމް ކޮމްޕެނީ ޓު ވަރކް އެޓް” ގެ މަގާމު އުރީދޫ މޯލްޑިވްސްއަށް

Aug 7, 2018

“ޑްރީމް ކޮމްޕެނީ ޓު ވަރކް އެޓް” ގެ މަގާމު ލިބި ސިންގަޕޫރުގައި ބޭއްވުނު ބައިނަލްއަގްވާމީ އެމްޕްލޮޔަރ ބްރޭޑިންގ އެވަރޑްސްގައި އުރީދޫ މޯލްޑިވްސް އިން ވަރަށް ހާއްސަ ވަނަތަކެއް ކާމިޔާބުކޮށްފި އެވެ.

މިގޮތުން، އުރީދޫ މޯލްޑިވްސްއިން ޙާސިލްކުރި އެވޯޑުތަކުގެ ތެރޭގައި ހިމެނެނީ:

• ޑްރީމް ކޮމްޕެނީ ޓު ވަރކް ފޯ

• ބެސްޓް އެމްޕްލޯޔަރ ބްރޭންޑް

• އެވަރޑް ފޯ އިންސްޓިޓިއުޝަން ބިލްޑިންގް

މި ހަފްލާގައި އުރީދޫގެ ޑިރެކްޓަރ އޮފް ހިއުމަން ރިސޯސް، މުހައްމަދު ޝާހިދު އަށް “އެޗް.އާރް ލީޑަރޝިޕް އެވޯޑް” ވެސް ވަނީ ލިބިފަ އެވެ.

400 އަށް ވުރެ ގިނަ މުވައްޒަފުން މަސައްކަތް ކުރަމުންދާ އުރީދޫ މޯލްޑިވްސް އަކީ ރާއްޖޭގައި ވަޒީފާ އަދާ ކުރަން އެންމެ މަގްބޫލު އެއް ކުންފުންޏެވެ. އުރީދޫއިން ބުނީ އުރީދޫއިން ރާއްޖޭގައި ހޯދާފައިވާ ކާމިޔާބީގެ އަސްލަކީ ކުންފުނީގެ ހީވާގި މުވައްޒަފުންގެ މިންނެތް މަސައްކަތް ކަމަށާއި މުވައްޒަފުންގެ ހިޔާލުތަކަށް ހާއްސަ އިސްކަމެއް ދީގެން އުރީދޫ އިން މަސައްކަތް ކުރަނީ ޓެލެންޓް މެނޭޖްމަންޓްގެ ބައިނަލްއަޤްވާމީ ބެސްޓް ޕްރެކްޓިސް ތަކުގެ އެހީގައި މުވައްޒަފުން އިތުރަށް ބިނާކޮށް ޓީމު ވަރުގަދަ ކުރުމަށް ކަމަށެވެ. އަދި ވަޒީފާގެ މައިދާނުގައި ކުރިއެރުމުގެ ފުރުސަތު މުވައްޒަފުންނަށް ހޯދައިދިނުމަށް، އުރީދޫ އިން ހާއްސަ އަހަމިއްޔަތުކަމެއް ދެއެވެ.

2018 ވަނަ އަހަރު ބޭއްވުނު ވާރލްޑް އެޗްއާރްޑީ ކޮންގްރެސް ގައިވެސް، އުރީދޫ މޯލްޑިވްސްއިން ވަނީ ގްލޯބަލް އެޗްއާރް އެކްސެލެންސް އެވާރޑް ފޮ ބެސްޓް ސްޓްރެޓެޖީ އިން ލައިން ވިތް ބިޒްނަސް، ގްލޯބަލް ބެސްޓް އެމްޕްލޯޔަރ ބްރޭންޑް ފޮ އެކްސެލެންސް އިން އެޗްއާރް ތްރޫ އިނޮވޭޝަން، އަދި ގްލޯބަލް ބެސްޓް އެމްޕްލޯޔަރ ބްރޭންޑް ފޮ ޓެލެންޓް މެނޭޖްމަންޓްގެ އެވޯޑު ކާމިޔާބުކޮށްފައެވެ.

ހަމައެހެންމެ، ފާއިތުވި ހަފްތާގައި މީރާ އިން ބާއްވާފައިވާ ރަންލާރި އެވޯޑުގައިވެސް، ވިޔަފާރީގެ ފައިދާއިން ނަގާ ޓެކްސް (ބީޕީޓީ) އެންމެ ގިނައިން ދެއްކި ކުންފުނިތަކުގެ ތެރޭގައި ހިމެނިގެން ލިބުނު އެވޯޑަކާއި ޓޫރިޒަމް ދާއިރާ ނޫން ވިޔަފާރިތަކުން ބޮޑެތި ވިޔަފާރީގެ ކެޓަގަރީގައި ހިމެނޭ ބައިން ލިބުނު އެވޯޑެއް ލިބިފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355