twitterviber whatsapp telegramfacebookyoutube instagram
1st June 2025

މަޝްރޫއުތަކުގެ އަގު ބޮޑުވަނީ ކުރު މުއްދަތުގައި މަސައްކަތް ނިންމާތީކަމަށް ރައީސް ވިދާޅުވެއްޖެ

Aug 8, 2018

ސަރުކާރުން ހިންގާ މަޝްރޫއުތަކުގެ އަގު ބޮޑުވެގެންދަނީ ކުރު މުއްދަތުގައި ނިންމާތީކަމަށް ރައީސުލް ޖުމްހޫރިއްޔާ އަބުދުﷲ ޔާމީން އަބުދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

ރައީސް މިމޭރުމުން ވާހަކަފުޅު ދައްކަވާފައިމިވަނީ ރައީސް ޔާމީންގެ ސަރުކާރުން ކުރިއަށްގެންދާ މަޝްރޫއުތަކުގެ އަގު ބޮޑުވެ އެމަޝްރޫއުތަކުގައި ކޮރަޕްޝަން ހިމެނޭކަމަށް އިދިކޮޅު ފަރާތްތަކުން ބުނަމުން ގެންދާ ދަނޑިވަޅެއްގައި އެވެ.

ގއ. ކޮނޑޭ ރައްޔިތުންނާ ބައްދަލުކުރައްވައި އެރަށުގައި ވާހަކަފުޅު ދައްކައްވަމުން ރައީސް ޔާމީން ވިދާޅުވީ މަޝްރޫއުތަކުގެ އަގު ބޮޑުވެގެންދަނީ ކުރު މުއްދަތެއްގެ ތެރޭގައި މަސައްކަތް ނިންމާތީ އާއި ފެންވަރު ރަނގަޅު ބޭރުގެ ފަރާތްތަކާއި ހަވާލުކޮށްގެން ކުރަމުންގެންދާތީ ކަމަށް ރައީސް ވިދާޅުވި އެވެ.

“ހުޅުމާލޭގެ ފުރަތަމަ ފިޔަވަހި ނިމިފައި އެއޮތީ 9 އަހަރުން. ކީއްވެގެންކަން ހަރަދު ބޮޑުވަނީ އަޅުގަނޑު މިދަންނަވާލަނީ، އެ ނުވަ އަހަރުން ނިންމި ހުޅުމާލެއަށް ވުރެ ބޮޑު ހުޅުމާލޭގެ ދެވަނަ ފިޔަވައްސެއް އަޅުގަނޑު ހަދައިފީމު. އެތަން ހަދަން އަޅުގަނޑުމެން ނެގީ 9 ހަފުތާ”. ރައީސް ވިދާޅުވި އެވެ.

އެހެންވީމަ ނުވަ އަހަރުން ކުރި ކަމެއް 9 ހަފުތާ ތެރޭގައި ކުރާއިރު ހަރަދުތަކެއް އިތުރުވާނެ ކަމަށާއި ހުޅުމާލޭގެ ދެވަނަ ފިޔަވަހި ހަދަން އެމަނިކުފާނުވެސް ނުވަ އަހަރު ނެގި ނަމަ ހަރަދުކުޑަވީސް ކަމަށެވެ.

“އަޅުގަނޑު ކުރު މުއްދަތެއްގައި ހުޅުމާލެ ނުހިއްކި ނަމަ 9 އަހަރު ވަންދެން އަޅުގަނޑު ހުންނަށް ޖެހޭނީ ހުޅުމާލޭ ހިއްކާލާފަ އަނެއް ފަސް އަހަރު ހުންނަށް ޖެހޭނީ ކޯސްޓަލް ޕްރޮޓެކްޝަން ލާފަ، އަނެއް ތިން އަހަރުން ނަރުދަމާ އަޅާފަ، އަނެއް ފަސް އަހަރު ހުންނަށް ޖެހޭނީ ވައިފައި ކުރަން. ކޮބާ ތޯ އަޅުގަނޑު އުމުރު ދިޔައީ ނޫން ތޯ. އެހެންވީމަ އަދި ކޮންއިރަކުން ތޯ އެތަނުގައި އެޕާޓްމަންޓެއް އެޅިގެން މީހަކަށް އެތަނަން ވަދެވޭނީ.” ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ވެލާނާ އެއާޕޯޓްގެ މަސައްކަތް ކުރަމުންގެންދަނީ ސިންގަޕޫރުގެ އެންމެ ފެންވަރު ރަނގަޅު ފަރާތްތައް ލައްވާކަމަށާއި އެފަދަ ފަރާތްތައް މަސައްކަތް ކުރާނީ ބޮޑެތި އަގުގަ ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355