twitterviber whatsapp telegramfacebookyoutube instagram
20th April 2024

ކުޅުދުއްފުއްޓާއެކު އިތުރު 23 ރަށެއްގައި އޮޓޮމެޓިކް ވެދާ ސްޓޭޝަން ހަރުކޮށްފި

Aug 8, 2018

މޫސުމާބެހޭ މައުލޫމާތުތައް އިތުރަށް ފުޅާ ކުރުމުގެ ގޮތުން ކުޅުދުއްފުއްޓާއެކު އިތުރު 23 ރަށެއްގައި އޮޓޮމެޓިކް ވެދާ ސްޓޭޝަން ހަރުކޮށްފި އެވެ.

ކުޅުދުއްފުށީގައި އޮޓޮމެޓިކް ވެދާ ސްޓޭޝަން ހަރުކޮށްފައިވަނީ ސަރަހައްދީ ބަނދަރުގަ އެވެ. ކުޅުދުއްފުއްޓާއެކު މި ސްޓޭޝަން ގާއިމްކޮށްފައިވަނީ ހއ ހޯރަފުށި، ކެލާ، ށ ކަނޑިތީމް، ފުނަދޫ، ނ މާފަރު، ރ މަޑުއްވަރީ، ޅ އޮޅުވެލިފުށި، ބ ތުޅާދޫ، ގޮއިދޫ، ކ ގާފަރު، ދިއްފުށި، ގުރައިދޫ، އއ ތޮއްޑޫ، ހިމަންދޫ، ވ ރަކީދޫ، ފ ނިލަންދޫ، މ މުލި، ތ ބުރުނި، ލ މާވަށް، ގއ ކޮލަމާފުށި، ގެނަމަފުށި، ގދ ތިނަދޫ އަދި ފަރެސްމާތޮޑާ އެވެ.

މި މަޝްރޫއަކީ އިޓަލީގެ ހިލޭ އެހީގައި ކުރިޔަށް ގެންދިޔަ މަޝްރޫއެކެވެ. އިޓަލީ ވިލާތުގެ ސީއޭއީ ކުންފުންޏާއި ހަވާލުކޮށްގެން ކުރިޔަށް ގެންދިޔަ މި މަސައްކަތުފެ އަގަކީ 11،877،684.92 ރުފިޔާ އެވެ.

މި މަޝްރޫއުގައި ރާއްޖޭގެ މޫސުން ބެލުމާއި، މެޓް އޮފީހުގެ އިދާރާއެއް ގާއިމްކުރެވިފައި ނެތް ސަރަހައްދުތަކުގެ މޫސުން ސީދާ ކަމާއެކު ފުރިހަމައަށް ހޯދޭނެ އެވެ.

މެޓް އޮފީހުގެ އޮފިޝަލަކު ކޭއޯއަށް މައުލޫމާތުދެއްވަމުން ވިދާޅުވީ މި މަޝްރޫއުގެ ސަބަބުން މޫސުމާބެހޭ މައުލޫމާތު ހޯދާ ދެނެގަތުމުގެ ގާބިލުކަން އިތުރަށް ފުޅާކޮށް، މި ސްޓޭޝަންތަކުން މޫސުމީ އެތައް މައުލޫމާތެއް ހޯދައި އެއް ކުރެވޭނެ ކަމަށެވެ.

އެގޮތުން ވައި ޖެހޭ ބާރުމިނާ ވައި ޖެހޭ ފަރާތާއި ވާރޭ ވެހުނު މިންވަރާއި ވައިގެ ތެއްކަމުގެ އެވްރެޖް ނިސްބަތާއި ފިނި ހޫނުމިނާއި އެޓްމޮސްފަރިކް ޕްރެޝާ ހިމެނޭއިރު އޭގެ ސަބަބުން މޫސުމާބެހޭ ހިދުމަތްތަކުގެ ފެންވަރު މަތިވާނެ އެވެ.

އަލަށް ގާއިމްކުރި މި ސްޓޭޝަންތަކާއެކު ރާއްޖޭގެ އޮޓޮމެޓިކް ވެދާ ސްޓޭޝަންތަކުގެ އަދަދު 54 އަށް އެރީ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355