މި އަލްހާ އީދާއި ދިމާކޮށް އޭޑީކޭ ޖެނެރަލް ޓްރޭޑިން އިން ފޭސްބުކްގައި ކުރިއަށް ގެންދާ “ލައިކް އެންޑް ޝެއާ” ޕްރޮމޯޝަން މެދުވެރިކޮށް އުލްހިޔާ ކަތިލަން ބަކަރިއެއް ލިބުމުގެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ.
އެ ޕްރޮމޯޝަންގައި ބަކަރިއަކާ އެކު “މާސްޓާ ޝެފް” ސުޕާ ކާނަލް ބާސްމަތީ ބްރޭންޑްގެ ފަސް ކިލޯގެ ހަނޑޫ ޕެކެޓެއް ލިބޭނެ އެވެ.
6 އޮގަސްޓުން ފެށިގެން ކުރިއަށްދާ މިޕްރޮމޯޝަން އޮގަސްޓު 18 ވާ ހޮނިހިރު ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާނެ އެވެ. އެ ޕްރޮމޯޝަންގައި ބައިވެރިވާ މީހުންގެ ތެރެއިން ގުރުއަތުން ހޮވާ ބަކަރި އާ ފަސް ކިލޯ ހަނޑޫ ލިބޭ ފަރާތެއް އިއުލާނު ކުރަނީ 19 އޮގަސްޓް އާދިއްތަ ދުވަހު އެވެ.
މާސްޓާޝެޕް ބްރޭންޑްގެ ހަނޑުލަކީ ދިވެހިންނާ ގުޅޭގޮތަށް ދިވެހިންނަށް ހާއްސަކޮށް އުފައްދާފައިވާ ހަނޑުލެކެވެ. އެ ބްރޭންޑްގެ ހަނޑޫ ރާއްޖެ އެތެރެކޮށް މާކެޓް ކުރަނީ އޭޑީކޭ ޖެނެރަލް ޓްރޭޑިންގެ ފަރާތުންނެވެ.