twitterviber whatsapp telegramfacebookyoutube instagram
25th April 2024

އެސްޓީއޯ އިލެކްޓްރޯނިކްސްގެ “އެސް.ޖޭ ކެމް އީދް ޕްރޮމޯ” ފަށައިފި

Aug 11, 2018

އެސްޓީއޯ އިލެކްޓްރޯނިކްސް އިން ބޮޑު އީދަށް ހާއްސަކޮއްގެން އެސް.ޖޭ ކެމްގެ ޕްރޮމޯޝަން ފަށައިފިއެވެ. އެސް.ޖޭ ކެމް އަކީ ދުނިޔޭގެ އެކްޝަން ކެމެރާގެ މާކެޓްގައި އެންމެކުރިއަރާފައިވާ އެއްބްރޭންޑްއެވެ.

އެސް.ޖޭ ކެމް އަކީ ދަތުރު ގޮސް އުޅޭއިރު އަދި ކުޅިވަރު ކުޅޭ ވަގުތުގައި ފޮޓޯނަގަން ބޭނުންކޮއްލަން ހާއްސަ ކެމެރާއެކެވެ. މި ކެމެރާ ވޯޓަރޕްރޫފް ކޮށްވެސް ބޭނުންކޮއްލެވޭނެއެވެ.

8 އޮގަސްޓް 2018 އިން 8 ސެޕްޓެމްބަރ 2018 ގެ ނިއަލަށް ކުރިއަށް ގެންދާ މި ޕްރޮމޯޝަންގައި އެސްޓީއޯ އިލެކްޓްރޯނިކްސް ފިހާރައިންް ބައްލަވައި ގަންނަ ކޮންމެ އެސް.ޖޭ ކެމް އަކަށް %20 އާ ހަމައަށް ޑިސްކިއުންޓް ލިބިވަޑައިގަންނަވާނެއެވެ. މީގެ އިތުރުން ބައްލަވައި ގަންނަވާ ކޮންމެ އެސް.ޖޭ ކެމް އަކާއެކު ހިލޭ ސެލްފީ ސްޓިކް އަދި ވޯޓަރޕްރޫފް ކޭސްއެއް ލިބިވަޑައި ގަންނަވާނެއެވެ.

މިޕްރޮމޯޝަންގައި އިންސްޓަގްރާމް ބޭނުން ކުރައްވާފަރާތްތަކަށް ފޮޓޯ ކޮންޓެސްޓެއް ކުރިއަށްދާނެއެވެ. މި ކޮންޓެސްޓްގައި އެސް.ޓީ.އޯ އިލެކްޓްރޯނިކްސް ޝޯރޫމް އަށް ވަޑައިގެން އެސް.ޖޭ ކެމް ފްރޭމްއާއެއްކޮށް ފޮޓޯނަންގަވާ އިންސްޓަގްރާމް އަށް އަޕްލޯޑްކުރައްވައިގެން އެންމެ ގިނަ ލައިކްސް ލިބިވަޑައިގަންނަވާ ފަރާތަކަށް އެސް.ޖޭ އެކްޝަން ވައިފައި ކެމެރާއެއް ލިބިވަޑައިގަންނަވާނެއެވެ. އަދި ފޭސްބުކްގައި އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓް އެންޑް އިލެކްޓްރޯނިކްސް ޕޭޖް ގައި އެސް.ޖޭ ކެމްގެ ޝެއަރ އެންޑް ވިން ކޮންޓެސްޓްއެއްވެސް ކުރިއަށްދާނެއެވެ. ޕޯސްޓަރ ޝެއަރ ކޮށްގެން ގުރުއަތުން ހޮވޭފަރާތަކަށް އެސް.ޖޭ 6 ލެޖެންޑް ކެމެރާއެށް ލިބިވަޑައިގަންނަވާނެއެވެ.

އެސްޖޭކެމްއަކީ އެސްޓީއޯއިން މިއަހަރު ފެބްރުއަރީމަހު ހުޅުވި އިލެކްޓްރޯނިކްސް ޝޯރޫމްއަށް އަލަށް ތައާރަފްކުރެވުނު ބްރޭންޑްއެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355