twitterviber whatsapp telegramfacebookyoutube instagram
2nd June 2025

އެމް.އައިކޮލެޖުގެ ދަސްވެނިވުންގެ ރަސްމިއްޔާތު ބާއްވައިފި

Aug 19, 2018

އެމް.އައި ކޮލެޖުން 848 ދަރިވަރަކު ދަސްވެނިވެއްޖެއެވެ.

ދަރުބާރުގޭގައި ބޭއްވި މައި ކޮލެޖުގެ 2018 ވަނަ އަހަރުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި އެކޮލެޖުގައި ތައުލީމީ ދާއިރާއިން މާސްޓަރސް ފުރިހަމަ ކުރި ފުރަތަމަ ބެޗްގެ ދަރިވަރުން ވެސް ވަނީ ދަސްވެނިވެފައެވެ.

ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެމް.އައި ކޮލެޖުގެ ބޯޑުގެ ޗެއަރމަން އަހުމަދު މުއައްތަކީ ވަނީ ދިވެހިރާއްޖޭގައި މަތީ ތައުލީމުގެ ހިދުމަތް ހަރުދަނާ ކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންގެންދާކަން ފާހަގަކޮށް އެކަމަށް ޝުކުރު އަދާކޮށްފައެވެ.

މީގެ އިތުރުން، ދަސްވެނިވި ކުދިންނާއި އެ ކުދިން ގެ ބެލެނެވެރިންނަށް މަރުހަބާ ވިދާޅުވެ އަހުމަދު މުއްތަކީ ވަނީ ލިބިފައިވާ އިލްމު ގެ ބޭނުން ރަނގަޅަށް ހިފުމަށް އިލްތިމާސްކޮށްފައެވެ.

އެމް.އައި ކޮލެޖުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ދަރިވަރުން ސެޓިފިކެޓާއި، ޑިޕްލޮމާ އަދި ޑިގްރީ ހާސިލްކުރި ދާއިރާތަކުގެ ތެރޭގައި ހިއުމަން ރިސޯސަސް، ބިޒްނަސް އެޑްމިނިސްޓްރޭޝަން، އެޑިއުކޭޝަން އަދި ދިވެހި ބޭސްވެރިކަމުގެ ދާއިރާ ހިމެނެއެވެ. އެމް.އައި ކޮލެޖަކީ ދިވެހިރާއްޖޭ ގެ އެކި ކަންކޮޅުތަކުގައި ގޮފިތައް ހިންގަމުންދާ ކޮލެޖެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355