twitterviber whatsapp telegramfacebookyoutube instagram
19th April 2024

ނަރުހުންނަށް މުސާރައިގެ 15 ޕަސެންޓުގެ ކުރިއެރުމެއް !

Aug 19, 2018

ނަރުހުންގެ ވަޒީފާގެ އޮނިގަނޑަށް ގެނެވުނު ބަދަލާއި ގުޅިގެން ނަރުހުންނަށް އެވްރެޖްކޮށް ލިބޭ އުޖޫރައިގެ 15 އިންސަތަ ކުރިއެރުން ލިބިގެން ދާނެ ކަމަށް ހެލްތް މިނިސްޓްރީއިން ހާމަކުރައްވައިފި އެވެ.

ހެލްތް މިނިސްޓްރީގެ ފަރާތުން ނެރުއްވި- ނޫސްބަޔާނެއްގައި ވިދާޅުވީ، 1 އޯގަސްޓްއިން ފެށިގެން ނަރުހުންގެ ވަޒީފާގެ އައު އޮނިގަނޑައް ބަދަލު ގެނެސްފައިވާކަމަށެވެ. އަދި ސިއްހީ ދާއިރާގެ ހިދުމަތްތައް ފުޅާވެގެންދާއިރު ނަރުހުންގެ ހިދުމަތަކީ ކުރިއަރާދިޔުމަށް ވަރަށް ބޮޑަށް ބޭނުންވެފައިވާ ހިދުމަތަކަށްވުމާއި އެކު، ކުރިން އަމަލު ކުރަމުންދިޔަ ނަރުހުންގެ ވަޒީފާގެ އޮނިގަނޑާ ހިލާފަށް އަލަށް އޮނިގަނޑެއް އެކުލަވާލާފައިވެއެވެ. އަދި އެ އޮނިގަނޑު އެކުލަވާލާފައިވަނީ ކަންތައްތަކެއްގެ މައްޗަށް ރިޔާއަތް ކޮށްފައެވެ.

1) މުވައްޒަފުގެ ތައުލީމާ މަސައްކަތުގެ ފެންވަރަށް ބަލައިގެން ކޮންމެ ދެ އަހަރަކުން ކުރިއެރުން ދެވޭ ގޮތައް

2) ނާރސިންގެ ދާއިރާއިން މަތީ ތައުލީމް ހާސިލް ކުުރުމުން އެ ދާއިރާއިން ކުރިއަރައިގެން ދިޔުމަށް (ކެރިއަރ ޕާރތު) މަގު ފަހިކޮށްދިނުން

3) ނަރުހުންގެ ދާއިރާއިން ހާއްސަ ނަރުހުން (ސްޕެޝަލައިޒްޑް ނަރުހުން) ހިދުމަތުގެ ތެރެއަށް ތައާރަފް ވެގެން ދާނެ ގޮތައް

4) އާއްމު އަދި ހާއްސަ ދާއިރާތަކުން މަގާމުގެ ކުރިއެރުން ލިބޭ ގޮތައް

ނަރުހުންގެ އައު އޮނިގަނޑު އެކުލަވާލުމުގެ މަސައްކަތް ކޮށްފައިވަނީ ސިވިލް ސަރވިސް ކޮމިޝަނާއި އައިޖީއެމް ހޮސްޕިޓަލާއި، މޯލްޑިވްސް ނަރސިންގެ އެންޑް މިޑްވައިފާރީ ކައުންސިލާއި، ކަމާއި ގުޅުން ހުރި ޓެކްނިކަލް ފަރާތްތަކުން އަދި އެހެނިހެން އިދާރާތަކުން ދެއްވި އިރުޝާދު ތަކުގެ މައްޗަށް ބަލާފައެވެ.

ހެލްތް މިނިސްޓްރީއިން މައުލޫމާތުދޭގޮތުގައި، މި އޮނިގަނޑުގެ ސަބަބުން ނަރުހުން މަތީތައުލީމް ހާސިލްކުރުމަށް ސައުގުވެރިވެ ހިތްވަރު ލިބިގެންދާނެއެވެ.

އަދި އޮނިގަނޑު ތަންފީޒުވުމާ ގުޅިގެން އެވްރެޖްކޮށް ނަރުހުންނަށް ލިބޭ އުޖޫރައިގެ 15 އިންސަތަ ކުރިއެރުން ލިބިގެން ދާނެ އެވެ. ހެލްތް މިނިސްޓްރީއިން އިތުރަށް ވިދާޅުވިގޮތުގައި، ނަރުހުންގެ އައު އޮނިގަނޑު ތަންފީޒުކުރަން ފެށުމާ އެކު ނަރުހުނަށް ބޭނުންވާ ހައްސަ ތަމްރީން ޕްރޮގްރާމްތައް މަގު ފަހިކޯސް އިތުރު ފުރުސަތު އެ މިނިސްޓްރީގެ ފަރާތުން ހުޅުވާލާނެ ކަމެވެ

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355