twitterviber whatsapp telegramfacebookyoutube instagram
29th March 2024

މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ބާއްވައިފި

Sep 3, 2018

މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) ގެ ދަސްވެނިވުމުގެ ހަފްލާ ރޭގައި ބާވައިފި އެވެ.

ސިނަމާލެ ބްރިޖުމަތީގައި ބޭއްވި ދަސްވެނިވުމުގެ ހަފުލާގައި ސެޓްފިކެޓް ދީފައި ވަނީ ޑިގްރީން ފެށިގެން މާސްޓާސް ފެންވަރާ ހަމައަށް ކިޔެވި 361 ދަރިވަރަކަށެވެ. ސެޓްފިކެޓް ލެވެލް އިން ފެށިގެން މާސްޓާސްއާ ހަމައަށް 781 ދަރިވަރުުން ވަނީ ދަސްވެނިވެފަ އެވެ.

އަދި މީގެ އިތުރުން ކޯސްތަކުން އެންމެ މަތީ ވަނަ ހޯދައިގެން ފަސް ދަރިވަރަކު ވަނީ ރައީސުލްޖުމްހޫރިއްޔާ ދެއްވާ އިނާމު ހޯދައިފަ އެވެ.

ރައީސުލްޖުމުހުރިއްޔާގެ އެވޯޑް ހޯދި ފަސް ދަރިވަރުންނަކީ ފާތިމަތު އާޠިރާ (މާސްޓާސް އޮފް ދިވެހި ލެންގުއޭޖް އެންޑް ކަލްޗާ)، މުހައްމަދު ރިޔާޟް (މާސްޓާސް އޮފް އެޑިއުކޭޝަން، ދިވެހި ލެންގުއޭޖް ޓީޗިން)، އާމިނަތު ސަމްހާ އަބްދުއްރައްޒާގް ( ބެޗްލާ އޮފް ޓީޗިން ސެކަންޑްރީ)، އަހުމަދު އަބްދުލްމަތީން ( މާސްޓާސް އޮފް ލޯސް) އަދި އާއިޝަތު ރަޝީދު (މާސްޓާސް އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން) އެވެ.

މި ރަސްމިއްޔާތުގައި ސަރަފުވެރި ކޮށްދެއްވައި ވާހަކަ ދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިސަތު ސިހާމް ވިދާޅުވީ، އެމީހަކަށް އެނގުނު އެއްޗެއްގެ ބޭނުން މުޖުތަމައަށާއި ގައުމަށް އަދި އިންސާނިއްޔަތަށް އެންމެ ފައިދާ ބޮޑު ގޮތެއްގައި ފޯރުކޮށްދެވޭނީ ކިހިނެއްތޯ ކަނޑައަޅަން ވާނެ ކަމަށެވެ. އެގޮތުން، ތައުލީމާއި ހުނަރާއި ހިކުމަތްތެރިކަން ލިބިގަތުމުގެ ބޭނުމަކީ މިހާރު ހުރި ހާލަތު މިހާރަށް ވުރެ ރަނގަޅު ހާލަތަކަށް ބަދަލުކުރުން ކަމަށް ވެސް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވިގޮތުގައި، ތައުލީމު ދިނުމުގެ މަގުސަދާ މެދު އިތުރަށް ވިސްނާލަންޖެހެ އެވެ. ކިޔަވައިގެން ނުކުމެ ގައުމަށް ހިދުމަތް ކުރާއިރު، ދެކެން ބޭނުންވާ ދުނިޔެ އަށް މުސްތަގުބަލްގެ ހާލަތު ބަދަލުކުރެވޭނީ ކިހިނެއްތޯ ވިސްނާލަންޖެހޭ ކަމަށް ވެސް ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355