twitterviber whatsapp telegramfacebookyoutube instagram
26th April 2024

ގެތަކުގެ އަގުތައް ކޯޓުން ނިންމާފައިވަނީ ދައުލަތުން ހުށަހެޅި ގޮތަށް !

Sep 4, 2018

ކުޅުދުއްފުށީ އެއާޕޯޓް ސަރަހައްދަށް އަރާ 18 ގޯތީގެ ބަދަލު ދިނުމުގެ ގޮތުން ޝަރީއަތުގައި މަރުހަލާގައި ކޯޓުން މިމައްސަލަ ނިންމާފައިވަނީ ދައުލަތު ހުށަހެޅި އަގުތަކަށް ބަލާފައިވާކަމަށް ބައެއް ގެތަކުގެ ވެރިން ހާމަކޮށްފި އެވެ.

މީގެ ތެރެއިން ބައެއް މައްސަލަތައް ނިންމާފައިވާ މިދިޔަ އޯގަސްޓްމަހުގެ ތެރޭގައި ކުޅުދުއްފުށީ ކޯޓުންނެވެ. މިމައްސަލަތައް ބަލާފައިވަނީ ނޮޅިވަރަމް ކޯޓްގެ އިސް މެޖިސްޓްރޭޓް މުހައްމަދު މައުސޫމު އެވެ.

އެއާޕޯޓަށް އަރާ 18 ގޯތީގެ ތެރެއިން 9 ގޯތީގައި މީހުން ދިރިއުޅެކެވެ. އެކި ވަރަށް ގެތަށް އިމާރާތްކޮށްފައިވާއިރު އެންމެ ފުރަތަމަ ސަރުކާރުން އެނގީ ގޯތިތައް އިމާރާތްކުރުމަށް ހަރަދުވެފައިވާ އަދަދު ބަލައި ސަރުކާރަށް ރީޖަނަލް އެއާޕޯޓްސްއަށް އެނގުމަށްކަމަށެވެ. ނަމަވެސް ގޯތިތަކުގެ ވެރިން އެނގި އަގުތައް ބޮޑުކަމަށް ބުނެ މާލޭއިން ޓީމެއް ކުޅުދުއްފުއްޓަށް އައިސް ގެތަށް ބަލާ އަގުމަގު ކުރި އެވެ. އޭގެ ތެރެއިން ބައެއް ގޯތިތަކުގެ އަގު ކުޑަ ވުމުން އަނެއްކާވެސް ޝަކުވާކުރުމުން އަދަދު އިތުރުކުރިކަމަށް އެ ގޯތިތަކުގެ ވެރިން މައުލޫމާތު ދެ އެވެ.

ކޯޓް މަރުހަލާއިން މިމައްސަލަތައް ނިމިގެންދިޔައީ ބައެއް ގެތަކުގެ ވެރިން ހުށަހެޅި އަދަދަށް ރިޔާއަތް ކުރުމެއް ނެތި ހަމައެކަނި ދައުލަތުން ހުށަހެޅި ލިޔެކިއުމަށް ބަލައިގެންނެވެ.

އެގޮތުން ބައެއް ގޯތިތަކުގައި އިމާރާތުގެ އަގުގެ ގޮތުގައި އަދުލުވެރި ބަދަލެއް ކަމުގައި މިމައްސަލާއާ ގުޅިގެން ދައުލަތުން ހުށަހެޅި ވެލުއޭޝަން ރިޕޯޓަށް ބެލުމަށްފަހުކަން ކޯޓް ހުކުމުން އެނގެން އޮވެ އެވެ. މައްސަލަތައް ނިންމާތާ 20 ދުވަހުގެ ތެރޭގައި ގެތަކަށް ފައިސާ ދައުލަތުން ކުޅުދުއްފުށީ ކޯޓަށް ޖަމާކުރުމަށް ހުކުމްކޮށްފައިވެ އެވެ.

މިމައްސަލާގައި ކޭއޯއާ ވާހަކަދެއްކި ބައެއް ގޯތިތަކުގެ ވެރިން ބުނީ މުޅި އުމުރު ދުވަހު ބުރަ މަސައްކަތުން ގޯތީގައި ހެދި އިމާރާތުގެ އަގުމަގު ކުރިގޮތާމެދު ވަރަށް ކަންބޮޑުވާ ކަމަށެވެ. ދައުލަތު ދޭން ނިންމާފައިވާ މަދު ފައިސާ ކޮޅުން އެވަރުގެ ގެއެއް މިއަދު ނޭނޅޭނެކަމަށެވެ.

މިކަމާ ގުޅިގެން އެ ގެތަކުގެ ދިރިއުޅޭ ރައްޔިތުން ތިބީ ވަރަށް މާޔޫސްވެފައިވެ އެވެ. އެމީހުން ބުނީ އެއާޕޯޓާ ދެކޮޅު ނޫން ކަމަށާއި ނަމަވެސް އަދުލުވެރި ބަދަލެއް ދޭން ޖެހޭނެ ކަމަށެެވެ. ކުއްޔަށްވާ ފައިސާވެސް މިއަދާ ހަމައަށް ޖަމާކޮށްދީފައިނުވާއިރު ފަސް ދުވަހުގެ ތެރޭގައި ގޯތި ހުސްކުރާނީ ކިހިނެއްތޯ ގިނަ ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ. ގެތަކަށް އަގު ކަނޑައަޅާފައިވާ ގޮތާމެދުވެސް ބައެއް މީހުން ވަނީ ކަންބޮޑުވުންފާޅުކޮށްފަ އެވެ.

އެގޮތުން ބޮޑު ހަރަދެއްކޮށްގެން އިމާރާތްކޮށްފައިހުރި ގެއަކަށް ލިބޭ ފައިސާ އާއި އެއަށްވުރެ ކުޑަ ހަރަދެއް ކޮށްގެން އިމާރާތްކޮށްފައިހުރި ގެއަކަށް ދޭ ފައިސާއާ އެއްވަރުވެގެން ނުވާނެ ކަމަށެވެ. ނަމަވެސް އެގޮތާއި ހިލާފަށް އެކަން ކޮށްފައިވާކަމަށް އެ ގެތަކުގެ ބައެއް ވެރިން ބުނެ އެވެ.

ބައެއް ގޯތިތައް ހުސްކުރުމުގެ މަސައްކަތް ކުރިއަށްދާއިރު އަނެއް ބަޔަކު ތިބީ ފައިސާ ޖަމާ ނުވަނީ ނުދާންށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355