twitterviber whatsapp telegramfacebookyoutube instagram
27th April 2024

ޝީޝާ: ޒޫމާ އެކްސް ސަޅި ޑީލް، ހަމަ ހަގީގަތުގައިވެސް ސަޅި !

Sep 12, 2018

މިހާރު ޒުވާނުންގެ މެދުގައި އެންމެ މަގުބޫލް ޒޫމާ އެކްސް ބައްލަވައި ގަންނަ ބޭނުންވާ ފަރާތްތަކަށް ޝީޝާގެ “ޒޫމާ އެކްސް ސަޅި ޑީލެއް” ގެ ނަމުގައި ކުރިއަށް ގެންދާ ޕްރޮމޯޝަން މީ އަސްލުވެސް ސަޅި ޕްރޮމޯޝަނެެކެވެ.

ރާއްޖެއަށް ހޮންޑާ ސައިކަލް އެތެރެކޮށް ވިއްކަމުން އަންނަ ސީޝާއިން މިމަހު 5 ވަނަ ދުވަހު ފަށައިގެން ކުރިއަށް ގެންދާ މި ޕްރޮމޯޝަން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާއިމްކޮށްފައިވާ ޝީޝާގެ އައުޓްލެޓްތަކުގައި ކުރިއަށްދާނެއެވެ. މިޕުރޮމޯޝަން ކުޅުދުއްފުށީގައި ހުންނަ ޝީޝާގެ ފިހާރައިންވެސް ކުރިއަށް އެބަދެ އެވެ.

މި ޕްރޮމޯޝަންގެ ތެރެއިން ގަންނަ ކޮންމެ ޒޫމާ އެކްސް ސައިކަލަކާއެކު “ޔޫ” ބޮކްސްއެއް ހިލޭ ލިބޭނެ އެވެ. އަދި އިންސްޓޯލްމެންޓް ޗާޖްގެ ގޮތުގައި 1 ޕަސެންޓު ޗާޖު ކުރާއިރު އެއްކޮށް ފައިސާ ދައްކާފައި ގަންނަ ނަމަ 4000 ރުފިޔާގެ ޑިސްކައުންޓެއް ލިބޭނެ އެވެ.

ކުޅުދުއްފުށީގައި ހުންނަ ޝީޝާ ޝޯ ރޫމް–

މީގެ އިތުރުން ޝީޝާގެ ވެބްސައިޓަށް ވަދެ އޭގެން ސައިކަލުގެ އަސްލު އަގާއި، ސައިކަލުގެ އިންސްޓޯލްމެންޓަށް ދައްކަން ޖެހޭ ވަރާއި، އަދި އަމިއްލައަށް އިންސްޓޯލްމެންޓް ޕްލޭންކޮށް ކަލްކިއުލޭޓް ކުރެވުމުގެ އިިތުރުން، ވެބްސައިޓް މެދުވެރިކޮށް އިންސްޓޯލްމެންޓަށް އެޕްލައިވެސް ކުރެވޭނެއެވެ.

ޒޫމާ އެކްސްއަކީ ޒުވާނުންގެ މެދުގައި ވަރަށް މަގުބޫލު ސައިކަލެކެވެ. ދުއްވާލަން ފަސޭހަ ތެޔޮ ހަރަދުކުޑަ މިސައިކަލަކީ މިހާރުވެސް ގިނަ އަންހެން ކުދިންނާ ފިރިހެންނުންގެ މެދުގައި ވަރަށް މަގުބޫލު ބުރޭންޑެއްގެ ސައިކަލެކެވެ. މިޕްރޮމޯޝަނާ ބެހޭ މައުލޫމާތު ޝީޝާގެ ފޭސްބުކް ޕޭޖްގެ އިތުރުން ކުޅުދުއްފުށީގައި ހުންނަ ޝީޝާ ފިހާރަގެ ނަމްބަރު 6527557 ގުޅުއްވުމުންވެސް ލިބޭނެ އެވެ.

ކުޅުދުއްފުށީގައި ހުންނަ ޝީޝާ ޝޯ ރޫމް–

ޝީޝާއިން މާލެ އާއި ހުޅުމާލޭގެ އިތުރުން، އައްޑޫ ސިޓީ އާއި ހދ. ކުޅުދުއްފުށީގައި ޝީޝާގެ އައުޓްލެޓެެއް ދަނީ ހިންގަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355