twitterviber whatsapp telegramfacebookyoutube instagram
29th March 2024

އުރީދޫ ކަލަރ ރަން ނޮވެމްބަރު 23 ގަ

Sep 11, 2018

ތަފާތު ކުލަތަކާއެކު، އުފާވެރި މާހައުލެއްގައި ބާއްވާ އުރީދޫގެ މަގުބޫލު ކަލަރ ރަން އަންނަ ނޮވެމްބަރ މަހުގެ 23 ވާ ހުކުރު ދުވަހު ބާއްވާނެކަމަށް އުރީދޫ އިން އިއުލާންކޮށްފިއެވެ.

2017ވަނަ އަހަރު ފަށާފައިވާ، އަދި ރެކޯރޑް އަދަދަކަށް ދުވުންތެރިން ބައިވެރިވި ދުވުން މިއަހަރު ބޭއްވިގެންދާނީ އިތުރު ފޯރިގަދަކަމާއި، ތަފާތު ސަޕްރައިޒް ތަކާއި ވެސް އެކުގައި ކަމަށް އުރީދޫއިން ހާމަ ކުރެއެވެ.

އުރީދޫގެ ސީއީއޯ ނަޖީބް ޚާން ވިދާޅުވި އުރީދޫ ކަލަރ ރަން ފެށިގެންދިޔައީ ދުޅަހެޔޮ ދިރިއުޅުމެއް ހޯދުމަށް، ދުވުމަކީ ވަރަށް ފައިދާ ހުރި އަދި އެހާމެ އުފާވެރިކަން ގެނުވަދޭ ހަރަކާތެއްކަން އަންގައިދޭ ކަމެއް ކަމަށެވެ.

އޭނާ ވިދާޅުވީ މިދިޔަ އަހަރު ބޭއްވި ކުލަގަދަ އަދި އެހާމެ އުފާވެރިކަމުން ފުރިފައިވާ ކަލަރ ރަން އަކީ ރާއްޖޭގައި މިހާތަނަށް އެންމެ ގިނަ ފަރާތްތަކެއް ބައިވެރިވި ދުވުމަށްވުން ކަމަށާއި އެއީ ލިބިގެންދިޔަ ހިތްވަރެއްކަމަށެވެ. މިއަހަރުގެ ކަލަރ ރަންއަކީ މިދިޔަ އަހަރަށްވުރެ ފޯރިގަދަ، އަދި ތަފާތު ދުވުމަކަށް ހެދުމަށް އުރީދޫން މަސައްކަތްކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

5 ކިލޯމީޓަރުގެ މި ކުރު ދުވުމަކީ އަލަށް ދުވާ ފަރާތްތަކާއި އާންމުކޮށް ދުވާ ފަރާތްތަކަށްވެސް ބައިވެރިވެވޭފަދަ އިވެންޓެކެވެ. އުރީދޫ ކަލަރރަންގައި ކޮންމެ ކިލޯމީޓަރެއް ދުވެ ނިމުމުން، ބެހެއްޓިފައިވާ ކުލަ ސްޓޭޝަންތަކުން، ކުލަގަދަ ގޮތެއްގައި އެކަން ފާހަގަ ކުރެއެވެ.

މި ދުވުމަކީ ވަކި ވަގުތެއްގެ ތެރޭގައި ނިންމަން ޖެހޭ ރޭހަކަށް ނުވާތީ، ހިނގާފަ، ޖޮގްކޮށްފަ، ދުވެފަ އަދި ނަށަމުން ދުވުން ނިންމި ބައިވެރިންނަށްވެސް މެޑަލްދީ، ދުވުމުގެ ނިމުން ފާހަގަކުރާނެއެވެ.

އުރީދޫ ކަލަރރަންގެ ފޯރި އިތުރަށް ގަދަކުރުމަށްޓަކައި ދުވުން ނިމުމުން އެންމެ އެންޓަރޓެއިނިންގ ދުވުންތެރިޔާ އަދި އެންމެ ފެންސީ އަންހެން އަދި ފިރިހެން ދުވުންތެރިޔާ ފަދަ އިނާމުތައް ހޮވިގެންދާނެއެވެ.

އުރީދޫ ކަލަރރަންގެ ރަޖިސްޓްރޭޝަން ފެށިގެންދާނީ، މި ސެޕްޓެމްބަރ މަހުގެ ފަހުކޮޅެވެ. އަދި މިދިޔަ އަހަރާއި އެއްފަދައިން އުރީދޫ ކަލަރރަންގެ އޮފިޝަލް ޗެރިޓީ ޕާރޓްނަރ އެއް ހޮވައި، މި ދުވުމުގެ ކިޓްތައް ވިއްކައިގެން ލިބޭ ވަކި ޕަސެންޓެއްގެ ފައިސާ އެފަރާތަށް ހަދިޔާ ކުރުމަށްވަނީ ހަމަޖެހިފައެވެ.

ތަޖުރިބާކާރު ދުވުންތެރިންނާއި، ދުވުމަށް ޝައުގުވެރިވާ ބޭފުޅުން، އަދި އާއިލާ އާއި ރައްޓެހިންނާއި އެކު އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލަން ބޭނުންވާ އެންމެހާ ބޭފުޅުންނަށް ވެސް، އުރީދޫ ކަލަރރަން ގައި ބައިވެރިވުމަށް، އުރީދޫ އިން ދައުވަތު އަރުވަމެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355