twitterviber whatsapp telegramfacebookyoutube instagram
19th April 2024

ފޯކައިދޫގެ ތަރައްގީއަށް ކުރަން ނިންމާފައިވާ މަޝްރޫއުތައް އޮތީ ލިސްޓްގެ އެންމެ ކުރީގަ: އިބޫ

Sep 12, 2018

ށ. ފޯކައިދޫގެ ތަރައްގީއަށް ކުރަން ނިންމާފައިވާ މަޝްރޫއުތައް އޮތީ ލިސްޓްގެ އެންމެ ކުރީގައި ކަމަށާއި އެމަނިކުފާނުގެ ވެރިކަމުގެ އެންމެ ފުރަތަމަ ހިންގާ ތަރައްގީގެ މަޝްރޫއުތައް އެރަށުގައި ކުރިއަށްގެންދަވާނެކަމަށް އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓް އިބުރާހިމް މުހައްމަދު ސޯލިޙް ވިދާޅުވެއްޖެ އެވެ.

ނ އަދި ށ އަތޮޅުގެ ބައެއް ރަށްތަކަށް ކުރައްވަމުންގެންދަވާ ކެމްޕެއިން ދަތުރުފުޅުގައި ށ ފޯކައިދޫގައި ރޭ ބޭއްވި ޖަލްސާގައި އިބޫ ވިދާޅުވީ ފޯކައިދޫގައި ކުރަން ނިންމާފައިވާ މަޝްރޫއުތަކަކީ އެމަނިކުފާނުގެ ވެރިކަމެއްގެ އެންމެ ފުރަތަމަ ކުރާނެ ކަންތައްތަކުގެ ގޮތުގައި ކުރެވިގެންދާކަމަށެވެ.

އިބޫ ވިދާޅުވީ ފޯކައިދޫއަށްވެފައިވާ ވޭތުވެދިޔަ ތަނުގައިވެފައިވާ އިހުމާލު ދެެނެގަނެ “އަޅުގަނޑުމެންގެ” ލިސްޓްގެ އެންމެ ކުރިއަށް މިރަށުގައި ކުރަން ޖެހިފައިހުރި އެންމެ މުހިންމު މަސައްކަތްތައް ކުރެވިގެންދާނެ ކަމަށެވެ.

ފޯކައިދޫ ހެލްތް ސެންޓަރު 24 ގަޑިއިރު ހިދުމަތްދޭ ތަންނަކަށް ބަދަލުކޮށް ހިދުމަތުގެ ފެންވަރު ރަނގަޅުކުރެވިގެންދާނެ ކަމަށެވެ. އެރަށުގެ ބަނދަރަށް ދިމާވެފައިވާ މައްސަލަ ހައްލުކުރައްވާނެކަމަށެވެ. އެގޮތުން އިބޫ ވިދާޅުވީ ފޯކައިދޫ ބަނދަރު އަލުން ހެދި ރައްޔިތުން ބޭނުންވާގޮތަށް ބޮޑުކުރެވިގެންދާނެ ކަމަށެވެ.

އަދި އިންޖީނުގެ މިހާރު ހުރިތަނުން އެހެން ތަނަކަށް ބަދަލުކޮށް ހާލަތު ރަނގަޅުކުރެވިގެންދާނެކަމަށާއި އެރަށު ސްކޫލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކޮށް ސްކޫލު ބޮޑުކުރެވި އެއް ދަންފަޅިއަށް ކިޔަވައިދޭ ސްކޫލަކަށް ބަދަލުކޮށް ތައުލީމީ ހިދުމަތް ރަނގަޅުކުރެވިގެންދާނެކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ފޯކައިދޫއަށް އިބޫ އިއްޔެ ހަވީރު ވަޑައިގަތުމުން އެމަނިކުފާނަށް އެރަށުން ވަނީ ވަރަށް ތަފާތު ހޫނު މަރުހަބާއެއް ދަންނަވާފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355