twitterviber whatsapp telegramfacebookyoutube instagram
20th April 2024

ދެ ކައުންސިލް ގުޅިގެން ކުމުންދޫގައި އިމާރާތްކުރި ދެކޮޓަރީގެ އެޕާޓުމަންޓް ހުޅުވައިފި

Sep 12, 2018

ހދ. އަތޮޅު ކައުންސިލާއި ކުމުންދޫ ކައުންސިލް ގުޅިގެން އިމާރާތްކުރި ދެކޮޓަރީގެ އެޕާރޓްމަންޓް ހުޅުވައިފިއެވެ.

ރަށު ކައުންސިލްގެ މާލިއްޔަތު އިތުރު ކުރުމަށްޓަކައި، ދެކައުންސިލްގެ ހިއްސާއާއެކު ހެދި މިއިމާރާތް ހުޅުއްވައި ދެއްވީ، މިމަހު ފަސްވަނަ ދުވަހު ބޭއްވި ރަސްމިއްޔާތެއްގައި ހދ.އަތޮޅު ކައުންސިލްގެ ރައީސް ހުސައިން ހަސަނާއި، ކުމުންދޫ ކައުންސިލްގެ ރައީސް އަމީން މުހައްމަދެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އަތޮޅު ކައުންސިލްގެ ރައީސް ހުސައިން ހަސަން ވިދާޅުވީ ކައުންސިލުން ފެށި މިމަޝްރޫއުއަކީ އަތޮޅު ކައުންސިލްގެ ފެންވަރުގައި ކުރިއަށް ގެންދާ ވަރަށް ބޮޑު މަޝްރޫއެއް ކަމަށާއި، މިދައުރުގައި ދެމިލިއަން ދެލައްކައަށްވުރެ ގިނަ ރުފިޔާ އަތޮޅު ކައުންސިލުން މިމަޝްރޫއުއަށް ހަރަދު ކުރާނެކަމަށެވެ.

މިކަމަކީ ގައުމީ މަސައްކަތެއް ކަމަށާއި، ރަށުގެ ތަރައްޤީއަށް ހިންގޭ ކަންކަމަށް ހަރަދުކުރާނެ ފައިސާ ހޯދުމަށް ހިންގޭ މަޝްރޫއެއް ކަމަށް އޭނާ ވިދާޅުވި އެވެ. އަދި މިއިމާރާތްތަކީ ކުމުންދޫ ކައުންސިލާއި އަތޮޅު ކައުންސިލްގެ ގުޅުން ރަމްޒުކޮށްދޭ ބިނާއެއްކަމަށް އަތޮޅު ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.

ކައުންސިލްގެ ރައީސްގެ ވާހަކައިގައި، އަތޮޅު ކައުންސިލްގެ މާލިއްޔަތު އިތުރުކުރުމަށް މިދައުރުގައި ކުރެއްވުމަށް ހަމަޖެހިފައިވާ ކަންކަމުގެ މައުލޫމަތު ހިއްސާ ކުރެއްވިއެވެ. އެގޮތުން މިދައުރު ނިމުމުގެ ކުރިން އަތޮޅު މާލިއްޔަތަށް ލިބޭފައިސާ ދެގުނަ އިތުރު ކުރުމަށް މަސައްކަތް ކުރައްވާ ކަމުގައި ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި ކުމުންދޫ ކައުންސިލްގެ ރައީސް ވިދާޅުވީ، މިއީ ކުމުންދޫގައި ހިންގުނު އެންމެ ކާމިޔާބު އެއް މަޝްރޫއު ކަމަށާއި، މިތަނުގެ ބޭނުން ކުމުންދޫ ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތުގައި ހިފާނެ ކަމަށް ވިދާޅުވިއެވެ.

ކުމުންދޫގައި ދެ ކޮޓަރީގެ އިމާރާތުގެ ބިންގާ އަޅާފައިވަނީ މިއަހަރު ޖަނަވަރީ ތެރޭގައި އެވެ. އެރަށު ޖޭޖޭ. އިންވެސްޓްމަންޓާ ހަވާލުކޮށްގެން ހެދި މިތަން އިމާރާތް ކުރުމަށް ހަތަރު ލައްކައަށްވުރެ ގިނަ ރުފިޔާ ހަރަދު ކޮށްފައިވެއެވެ. އަތޮޅު ކައުންސިލުން މިޕްރޮޖްކްޓަށް އެއްލައްކަ ހަތްދިހަފަސްހާސް ރުފިޔާ ހޭދަކޮށްފައި ވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355