twitterviber whatsapp telegramfacebookyoutube instagram
26th April 2024

18 ގޯއްޗަށް ދިނީ އަދުލުވެރި ބަދަލެއް ނޫން، ކޯލިޝަން ވެރިކަމެއްގައި އެ ބަދަލު ރިވިއުކޮށް އިތުރަށް ފައިސާ ދޭން ޖެހޭނަމަ ދޭންނަން: އާތިފް

Sep 13, 2018

ކުޅުދުއްފުށީ އެއާޕޯޓަށް އަރާ 18 ގޯއްޗަށް ސަރުކާރުން ދީފައިވަނީ އަދުލުވެރި ބަދަލެއް ނޫން ކަމަށާއި ކޯލިޝަން ވެރިކަމެއްގައި އެ ގޯތީގެ ބަދަލުގެ ގޮތުގައި ދޭން ޖެހޭ ފައިސާގެ އަދަދު ރިވިއުކޮށް އިތުރަށް ފައިސާ ދޭން ޖެހޭނެ ނަމަ އެފައިސާ ދެވިގެންދާނެކަމަށް ހދ އަތޮޅު ކައުންސިލްގެ ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު އަހުމަދު އާތިފް ވިދާޅުވެއްޖެ އެވެ.

ގުޅިފައިވާ ޕާޓީތަކުން ރޭ ކުޅުދުއްފުށީގައި ބޭއްވި ކަންމަތީ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އާތިފް ވިދާޅުވީ 18 ގޯއްޗަށް ދައުލަތުން ދިނީ އަދުލުވެރި ބަދަލެއް ނޫން ކަމަށެވެ. އެ ބަދަލާމެދު އެމީހުން ހިތްހަމަ ނުޖެހޭނަމަ އެއީ އަދުލްވެރި ބަދަލަކަށް ނުވާނެކަމަށް އޭނާ ވިދާޅުވި އެވެ.

ބިމާ ބޭހޭ ގާނޫނުގައިވާ ގޮތުގައި މަތިން ބަނޑާރަގޯއްޗަކުން މީހުން ނެރެވޭނީ އަދުލުވެރި ބަދަލެއްދީފައި ކަމަށާއި އެކަންކޮށް އެމީހުން ގެތަކުން ނެރެފައިވަނީ ބިމާ ބެހޭ ގާނޫނާ ހިލާފަށްކަމަށް އާތިފް ވިދާޅުވި އެވެ.

އާތިފް ވިދާޅުވީ ކުޅުދުއްފުށީ ރައްޔިތުންނަށް އެއާޕޯޓެއްގެ ދަޅަ ދައްކާތާ ފަސް އަހަރުވެގެންދިޔައީ ކަމަށާއި އެ އެއާޕޯޓްގެ  ވައުދަކީ 2013 ވަނަ އަހަރު ރައީސް ޔާމީން ކުޅުދުއްފުށީ ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދެއްކަމުން މިއަންނަ ރިޔާސީ އިންތިހާބުގައި އެއާޕޯޓަށް ދޭން ޖެހޭ ވޯޓެއް ނޯނާނެކަމަށެވެ.

” އެއްވެސް އެއްޗަށްކަށް ދެ ފަހަރަށް ލާރި ދައްކަން ޖެހޭނެ ކަމަށް އެއްވެސް ރައްޔިތަކު ގަބޫލެއް ނުކުރާނެ. ފިހާރައަކުން ގަންނަ އެއްޗަކަށްވެސް ދެ ފަހަރަކު ރުފިޔާ ދައްކާކަށް ނުޖެހޭ. އެހެންވީމަ ވޯޓެއްވެސް ދެ ފަހަރަކު އެއްކައްޗަށްކަށް ދޭކަން ނުޖެހޭނެ.” އާތިފް ވިދާޅުވި އެވެ.

ކުޅުދުއްފުށިން ރައީސް ޔާމީނަށް ދޭން ޖެހޭ ވޯޓެއް ނޯނާނެކަމަށް ތަކުރާރުކޮށް ވިދާޅުވަމުން އާތިފް ވިދާޅުވީ ކުޅުދުއްފުށީގެ ރައްޔިތުންނަކީ މިއަދު ހޭލުންތެރި ރައްޔިތުންތަކެއް ކަމަށާއި ވޯޓްލާންދާއިރު ވިސްނުންތެރިކަމާއެކު ބުއްދީގެ ބޭނުން ހިފުމަށް އާތިފް އެދިލެއްވި އެވެ. އިންތިހާބު ކައިރީވީމަ ރަށަށް އަރާ ބަޔަކު ދައްކާ ވާހަކަ ހެއްލި ބޯކާލައިގެން ހައްދައެއް ނުލެވޭނެކަމަށެވެ.

ސިވިލް ސާވިސް މުވައްޒަފުންގެ މުސާރަ ކޯލިޝަންގެ ވެރިކަމެއްގައި މުސާރަ ބޮޑުވެގެންދާނެކަމަށާއި ސިވިލް ސާވިސް މުވައްޒަފުން މަޖުބޫރުން ސިޔާސީ ހަރަކާތްތަކުގައި ބައިވެރިނުކުރާނެ ކަމަށެވެ. އަދި ޕީޕީއެމުން ދިދަ ދަނޑި ޖަހަން މީހުން ނެރެނީ ފައިސާ ދީގެން ކަމަށާއި އެގޮތުން ހޮޅިދަނޑިއެއް ޖަހާދެނީ 75 ރުފިޔާ ދޭ ކަމަށް އޭނާ ވިދާޅުވި އެވެ. ކުޅުދުއްފުއްޓަށް މިސަރުކަރުން އިހުމާލުވެފައިވާކަމަށް ވިދާޅުވަމުން އާތިފް ވަނީ މިޖަލްސާގައި ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355