twitterviber whatsapp telegramfacebookyoutube instagram
25th April 2024

ކަރަންޓްގެ އަގު މާލެއާ އަތޮޅުތެރެގައި އެއްވަރެއް ނުކުރޭ، އެއީ ބޮޑު އޮޅުވާލުމެއް: އަލީ

Sep 13, 2018

ކަރަންޓްގެ އަގު މާލޭއާ އަތޮޅުތެރޭގައި ދޭ އަގު އެއްވަރުކޮށް ހަމަހަމަ އަގެއްގައި ކަރަންޓްގެ އަގު މުޅި ރާއްޖޭގައި ދެމުންދާކަމަށް ސަރުކާރުން ބުނެފައިވީނަމަވެސް އެއީ ބޮޑު އޮޅުވާލުމެއްކަމަށް ކުޅުދުއްފުށީ ކައުންސިލްގެ ކުރީގެ ރައީސް އަލީ މުހައްމަދު ވިދާޅުވެއްޖެ އެވެ.

ގުޅިފައިވާ ޕާޓީތަކުން ކުޅުދުއްފުށީގައި ބޭއްވި ކަންމަތީ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އަލީ ވިދާޅުވީ ކަރަންޓްގެ އަގު މުޅި ރާއްޖޭގައި ދެމުން އަންނަނީ އެއް އަގެއްގައި ހަމަހަމަ ގޮތެއްގައި ނޫންކަމަށެވެ. އެކަން ކުޅުދުއްފުށީގެ ގޭބިސީތަކުން ފެންނަމުންދާ ކަމަށާއި ކަރަންޓްގެ އަގު ކުޅުދުއްފުށީގައި ހެޔޮވެފައިނުވާކަމަށެވެ. އަދި ރައްޔިތުންނަށް ނުވެސް އެނގޭ ފޯމިއުލާއެއް ކަރަންޓް ބިލުގައި ބޭނުންކޮށް ރައްޔިތުންގެ އަތުން ނުއަގުގައި ފޭރެމުންދާކަމަށް އޭނާ ވިދާޅުވި އެވެ.

ކަރަންޓް އަގު ހަމަހަމަ ކުރިކަމަށް ބުނެ ސަރުކާރުން ދައްކަނީ ބޮޑު އޮޅުވާލުމެއްކަމަށް އޭނާ ވިދާޅުވި އެވެ. ނަޝީދުގެ ވެރިކަމުގައި އަޕަރ ނޯތް ޔޫޓިލިޓީޒްގެ ބޯޑު މެމްބަރުންކަންވެސް ކުރެއްވި އަލީ ވިދާޅުވީ މިކަންކަމަށް އާބަސް ބުނެގެން ނުތިބޭނެކަމަށާއި ކަރަންޓްގެ އަގު ހަމައަކަށް އަޅުވައި ހަމައާ އިންސާފުން ކަރަންޓްގެ އަގު ކުރުމަށް ރައްޔިތުން ނިކުމެ މިވެރިކަން ބަދަލުކުރަން ޖެހޭކަމަށެވެ.

މާލެ އާއި ކުޅުދުއްފުށީގައި ފެން ވިއްކަނީވެސް ތަފާތު ބޮޑުކޮށްކަމަށާއި އެގޮތުން މާލޭގައި ފެން ޓަނެއް 25 ރުފިޔާއަށް ވިއްކާއިރު ކުޅުދުއްފުށީގައި ފެން ޓަނެއްގެ އަގު އުޅެނީ 60ރ އަށްވުރެ ބޮޑުކޮށްކަމަށް އޭނާ ވިދާޅުވި އެވެ. މިއީ އިންސާފު ތޯ ސުވާލުކުރައްވަމުން އަލީ ވިދާޅުވީ މިއީ ހަޖަމް ކުރެވޭކަންކަމެއް ނޫން ކަމަށާއި އިންސާފުގެ މަގަށް ގެންގައުމަށް ހުރިހާ ރައްޔިތުން މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.

އެއާޕޯޓްގެ ވައުދަށް ފާޑުވިދާޅުވަމުން އޭނާ ވިދާޅުވީ ދަޅަ ދައްކައިގެން ރައްޔިތުން ހައްލަން މަސައްކަތް ނުކުރުމަށާއި އެއާޕ÷ޯޓްގެ ދަޅައަށް ރައްޔިތުން މިއަދު ނުހެއްލޭނެކަމަށެވެ. އަދި މިހާރު ފުދިއްޖެކަމަށާއި އެއާޕޯޓްގެ ވައުދު ފުއްދިފައިނުވާ ކަމަށެވެ. އޭނާ ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަމުގައި ކުޅުދުއްފުށީ ރައްޔިތުންނަށް ފުރިހަމަ އެއާޕޯޓެއްގެ ލިބިފައިނުވާކަމަށެވެ.

” އަޅުގަނޑު ޝައްކެއް ނުކުރަން ކުޅުދުއްފުށީ ރައްޔިތުންނެއް ޓެސްޓް ފުލައިޓަކަށް ވޯޓެއް ނުދެއްވާނެ.” އަލީ ވިދާޅުވި އެވެ.

އަލީ ވިދާޅުވީ އަބަދުވެސް ވަކާލާތުކުރަމުންގެންދަނީ ހުރިހާ ރައްޔިތުންނަށް ތަފާތުކުރުމެއް ނެތި ހަމަހަމަ ކަމާއެކު އަސާސީ ހިދުމަތްތައް ލިބުމަށް ކަމަށެވެ. ކޯލިޝަންގެ ކެންޑިޑޭޓް އިބުރާހިމް މުހައްމަދު ސޯލިޙް ހުރިހާ ރައްޔިތުން ވޯޓް ދޭން އޭނާ ގޮވާލެއްވި އެވެ. އަދި އެމަނިކުފާނުގެ ވެރިކަމެއްގައި ރައްޔިތުންގެ ދިރިއުޅުން ތަނަވަސްކޮށްދެއްވާނެކަމުގެ ޔަގީންކަން އަލީ ދެއްވި އެވެ.

އަލީ ވިދާޅުވީ ރައްޔިތުން މިއަދު ދައްކަމުން މިދަނީ އާންމު ރައްޔިތު މީހާގެ ފުއްދުންތެރިކަން ދަށްވީމާ އެވާހަކަ ކަމަށާއި  އެކަމުގެ ޝަކުވާ ކުރަން އޮތީ ކޮންތަނެއް ތޯ އެވެ. ވެރިޔަކަށް ހުރި މީހާއަށް މި ޝަކުވާ ފޯރުކޮށްދޭން ކުރާ ކޮންމެ މަސައްކަތަކުން ދާން ޖެހެނީ ހުރަގެ އަށް ކަމަށް އޭނާ ވިދާޅުވި އެވެ. އިދިކޮޅު ލީޑަރުން ޖަލުގައި ތިބެން ޖެހިފައިވަނީ އެކަމުގެ ސަބަބުންކަމަށް އަލީ ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355