twitterviber whatsapp telegramfacebookyoutube instagram
20th April 2024

ކުޅުދުއްފުށީ ކުނިގޮނޑު ހުސްކުރުމުގެ އަމަލީ މަސައްކަތް ވެމްކޯއިން ފަށައިފި

Sep 13, 2018

ކުޅުދުއްފުށީ ކުނިކޮށީގެ ކުނިގޮނޑު ނަގައި ހުސްކުރުމުގެ އަމަލީ މަސައްކަތް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން(ވެމްކޯ) އިން މިއަދު ފަށައިފި އެވެ.

ކުނިތައް ނެގުމުގެ މަސައްކަތް މިއަދު ފަށާފައިވާއިރު އެކަމުގައި ބޭނުންކުރާ ބައެއް ވެހިކަލްތައް ވެމްކޯއިން ވަނީ ކުޅުދުއްފުއްޓަށް ފޮނުވާފަ އެވެ. އެގޮތުން ކޮޅުވެއްޓިއަކާއި ލޮރީއެއްވަނީ ފޮނުވާފަ އެވެ. ކުނިކުށިން ކުނިތައް ނަގައިގެންގޮސް ކޮޅުވެއްޓި އަޅަމުންދާއިރު އެކުނިތައް ގެންދިއުމަށް ނިންމާފައިވަނީ ރ.ވާދޫ އަށެވެ.

ވެމްކޯ އިން ބުނީ ދެ މަސް ދުވަހުގެ ތެރޭގައި ކުނިގޮނޑު ހުސްކޮށްލެވޭނެކަމަށާއި މަސައްކަތް ހަލުވިކުރުމުގެ ގޮތުން އިތުރު ކޮޅުވެއްޓިއެއް ކުޅުދުއްފުއްޓަށް ފޮނުވުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ކޭއޯއަށް މީގެ ކުރިން ދެއްވި އިންޓަވިއުގައި ވެމްކޯގެ މެނޭޖިންގ ޑިރެކްޓަރު މުހައްމަދު ޝިފާއު ވިދާޅުވެފައިވަނީ ކުޅުދުއްފުށީގެ ކުނިގޮނޑު ހުސްކުރުމުގެ އަމަލީ މަސައްކަތް ކުރިއަށް އޮތް ދެ ހަފްތާތެރޭގައި ފަށާނެ ކަމަށާއި އެންމެ ބޮޑު ޗެލެންޖަކީ ގޮނޑު ނަގައި ހުސްކުރުން ކަމަށް އޭނާ ވިދާޅުވި އެވެ. އެހެންކަމަށްވިޔަސް އެމަސައްކަތް ވަރަށް އަވަހަށް ފަށާނެކަމަށް ޝިފާއު ވިދާޅުވި އެވެ.

ރައީސުލް ޖުމްހޫރިއްޔާ އަބުދުﷲ ޔާމީން އަބުދުލް ގައްޔޫމު ކުޅުދުއްފުއްޓަށް ކުރެއްވި ދަތުރުފުޅެއްގައި ވާހަކަދައްކަވަމުން ވިދާޅުވެފައިވަނީ ކުޅުދުއްފުށީގެ ކުނީގެ މައްސަލަ ހައްލުކުރުމަށް ވެމްކޯއާ ހަވާލުކުރާނެ ކަމަށް ވިދާޅުވިއެވެ.

ކުނިތައް ގެންދިއުމަށް ގެނައި ކޮޅުވެއްޓި–

ގާތްގަނޑަށް ކުޅުދުއްފުށީ ކުނިކޮށީގައި 400-500 ދެމެދުގެ ޓަނުގެ ކުނި މިހާރުވެސް އެބަހުރިކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ އެ ގޮނޑު ނަގައިގެން ގެންދިއުމަށް ހަމަޖެހިފައިވަނީ ރ.ވަންދޫއަށް ކަމަށެވެ.

ކުޅުދުއްފުއްޓަށް ދިމާވެފައިވާ ތިމާވެށީގެ އެންމެ ބޮޑު މައްސަލައަކީ ކުނީގެ މައްސަލަ އެވެ. އެކަށީގެންވާ ގޮތެއްގައި ކުނި މެނޭޖް ނުކުރެވުމުގެ ސަބަބުން ކުޅުދުއްފުށީ ކުނިކޮށީގައި ކުނީގެ ފަރުބަދަތައްވަނީ ހެދިފަ އެވެ. ކުނިތައް ނައްތާލަމުންދަނީ އަނދައިގެންނާއި ވަޅުލައިގެންނެވެ. މިކަމުގެ ސަބަބުން ސިއްހީ ގޮތުންނާއި ތިމާވެށީގެ ގޮތުން ބޮޑެތި

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355