twitterviber whatsapp telegramfacebookyoutube instagram
28th December 2025

ތިލަދެކުނު ޝަރަފުވެރިކަމުގެ އެވޯޑް ނައިޓް ދައުރަކު އެއް ފަހަރު ބޭއްވުމަށް ނިންމައިފި

Sep 13, 2018

ހދ އަތޮޅު ކައުންސިލުން ބާއްވަމުން އަންނަ ތިލަދެނުކު ޝަރަފުވެރިކަމުގެ އެވޯޑް ނައިޓް މީގެ ފަހުން ކޮންމެ ތިން އަހަރަކުން އެއް އަހަރު ބޭއްވުމަށް ނިންމައިފި އެވެ.

ކައުންސިލުން މިގޮތަށް ނިންމީ މިމަހު 5 ވަނަ ދުވަހު ބޭއްވި އެކައުންސިލްގެ 3 ވަނަ ދައުރުގެ 61 ވަނަ ޖަލްސާގައި ވޯޓުގައި ބައިވެރިވި 4 މެންބަރުންގެ އިއްތިފާގުންނެވެ.

2015 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ މި އެވޯޑަކީ ތިލަ ދެކުނު ޝަރަފްވެރި އިނާމަކީ ހދ.އަތޮޅަށް ޝަރަފުވެރި ވަނަތަކާއި މަގާމުތައް ހޯދައި ފަރާތްތަކަށާއި ތަފާތު ދާއިރާތަކުން ހދ އަތޮޅަށް ފާހަގަކުރެވޭ ހިދުމަތްތައް ކޮށްދީފައިވާ ފަރާތްތައް ފާހަގަކުރުމަށާއި އަދި ހދ.އަތޮޅު ސްކޫލްތަކުގައި ކިޔަވައި ދަރިވަރުން ސްކޫލް ދައުރުގައި ތައުލީމީ ރޮނގުން ހޯދައި ކާމިޔާބީތައް ފާހަގަކޮށް މަތީ ވަނަތައް ހާސިލުކުރާ ފަރާތްތަކަށް ހދ.އަތޮޅު ކައުންސިލުން ބާއްވަމުން އަންނަ އިނާމެކެވެ.

މި އެވޯޑް ދޭ ދާއިރާތަކަކީ ޝަރަފްވެރިކަމުގެ އިނާމު، ހިއްވަރުދިނުމުގެ އިނާމު، ކައުންސިލުންދޭ ހާއްސަ އިނާމު މަތީ ދަރަޖަ ހޯދާ ފަރާތްތަކަށްދޭ އިނާމު އަދި ހިންގުންތެރިކަމުގެ އިނާމެވެ.

މީގެ އިތުރުން މި އިނާމުގައި އެންމެ ހިންގުންތެރި ކައުންސިލްތަކާއި ސްކޫލް މަދަރުސާތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކާއި ކުލަބު ޖަމްއިއްޔާތައް ފާހަގަކޮށް އެފަރާތްތަކަށްވެސް އިނާމު ދެއެވެ.

އެންމެ ފަހުން ތިލަދެކުނުޝަރަފުވެރި ކަމުގެ އިނާމު ދީފައިވަނީ 2017 ވަނަ އަހަރު އެވެ. މި ނިންމި ނިންމުމާއި ގުޅިގެން ދެން މި އިނާމު ދިނުން އޮންނާނީ 2020 ވަނަ އަހަރުއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355