twitterviber whatsapp telegramfacebookyoutube instagram
28th July 2025

އިންތިހާބާ ދިމާކޮށް ކުޅުދުއްފުށިން ގޯތި ދޫކުރަނީ

Sep 13, 2018

ރިޔާސީ އިންތިހާބަށް މަދު ދުވަސްކޮޅަކަށްވެފައިވަނިކޮށް ކުޅުދުއްފުށިން ގޯތި ދޫކުރުމަށް ނިންމާ، ކުރިމަތިލުމަށް ހުޅުވާލައިފި އެވެ.

ހައުންސިންގ މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނެފައިވަނީ ސަރުކާރުން ކުޅުދުއްފުށީ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށްޓާ ކުޅުދުއްފުށިން ގޯތި ދޫކުރުމަށް ނިންމާ، ގޯއްޗަށް އެދި ހުށަހަޅުމުގެ ފުރުސަތު ހުޅުވާލައި ކަމަށެވެ.

އެގޮތުން ކުޅުދުއްފުށިން 80 ގޯތި ދޫކުރުމަށް ސަރުކާރުން ނިންމާފައިވެ އެވެ. މިއަދުން ފެށިގެން ގޯއްޗަށް އެދި ހުށަހަޅާ ފޯމު ކުޅުދުއްފުށީގައި ފެނަކަ ކޯޕަރޭޝަން އޮފީހުންނާއި އެ މިނިސްޓްރީގެ ކައުންޓަރުން އަދި ވެބްސައިޓުން ލިބެންހުންނާނެ ކަމަށެވެ.

ގޯއްޗަށް އެދި ހުށަހަޅާ ފަރާތްތަކުގައި ހުންނަ ޖެހޭ ޝަރުތުތަކާއި ކެޓަގަރީ އަދި ޕޮއިންޓް ދޭނެ އުސޫލުވެސް އެއިއުލާނުގައިވެ އެވެ.

ބިންމުގެ ދަތިކަން ކުރިމަތިވެފައިވާ ކުޅުދުއްފުށިން ބަންޑާރަގޯތި ދޫނުކުރާތާ ގިނަ އަހަރުތަކެއްވަނީ ވެފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355