twitterviber whatsapp telegramfacebookyoutube instagram
6th June 2025

ޕީޕީއެމް ސައިޒް ދައްކާ ޖަލްސާއަށް ހދ ދިޔަ މީހުންނަށް ދިނީ އެންމެ 500ރ !

Sep 18, 2018

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް(ޕީޕީއެމް)ގެ ސައިޒް ދައްކާލުމަށް މިރޭ ބާއްވާ ޖަލްސާއަށް ހދ އަތޮޅުން ގެންދިޔަ ކޮންމެ މީހަކަށް 500 ރުފިޔާދީގެންނެވެ. އެކަމަކު އައްޑޫއިން އެޖަލްސާއަށް ގެންދިޔަ މީހުންނަށް 1000ރ ދީގެން ކަމަށް އައްޑޫގެ ނޫސްތަކުން ރިޕޯޓްކޮށްފައިވެ އެވެ.

ހދ އަތޮޅުގެ ފަސް ރަށަކުން މީހުން ގޮވައިގެން ބާދުޝާހް ބޯޓް ރޭ ކުޅުދުއްފުށިން ނައްޓާލީ 12 ޖެހިއިރު އެވެ. އެ ބޯޓުން ދަތުރުކުރި ބައެއް މީހުން ކޭއޯއާ ވާހަކަދައްކަމުން ބުނީ މާލޭގައި ތިބުމުގެ ހަރަދަށް އެމީހުންނަށް ދީފައިވަނީ 500ރ ކަމަށެވެ.

ޕީޕީއެމްހެ ސައިޒް ދައްކާ ޖަލްސާއަށް ރާއްޖޭގެ ދެކުނުން މީހުން ގެންދިޔައީ ފްލައިޓްގަ އެވެ. ފްލައިޓް ޗާޓަރުންކޮށްގެންވެސް މީހުން ގެންދިޔަ އެވެ. އެމީހުންނަށް މާލޭގައި ތިބުމުގެ ހަރަދަށް 1000ރ ދީފައިވާކަމަށް އެސަރަހައްދުގެ ނޫސްތަކުން ރިޕޯޓްކޮށްފައިވެ އެވެ.

މިކަމާ ގުޅިގެން ކުޅުދުއްފުށީގެ ޕީޕީއެމްގައި އިސްކޮށް އުޅޭ ފަރާތެއް ބުނީ ހދ ޖަލްސާއަށް ދިޔަ މީހަކަށް ދޭން ހަމަޖައްސާފައިއޮތީ 500ރ ކަމަށެވެ. އެއީ އެމީހުން މާލޭގައި ތިބުމުގެ ބައެއް ހަރަދުތައް ހަމަޖައްސަން ކަމަށެވެ. ނަމަވެސް ދެކުނުން ޖަލްސާއަށް ދިޔަ މީހުންނަށް 1000ރ ދިނީކޮށް އުސޫލަކުން ކަމެއް ނޭނގޭކަމަށް އޭނާ ބުންޏެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355