twitterviber whatsapp telegramfacebookyoutube instagram
20th April 2024

ކުޅުދުއްފުށީ އެއާޕޯޓަށް ޓެސްޓް ފުލައިޓް ޖައްސާނީ މާދަމާ 14:40 ގަ !

Sep 18, 2018

ކުޅުދުއްފުށީ އެއާޕޯޓަށް ޓެސްޓް ފުލައިޓް މާދަމާ މެނދުރު ފަހު ޖައްސާނެ އެވެ. މާދަމާ ފްލައިޓް ކުޅުދުއްފުށީ އެއާޕޯޓްގައި ޖައްސާނީ މެންދުރުފަހު 14:40 ގަ އެވެ.

ރީޖަނަލް އެއާޕޯޓްސް މެނޭޖިން ޑިރެކްޓަރު ސާމީ އަގީލު ކޭއޯއަށް ވިދާޅުވީ މާލެއިން ފްލައިޓް ނައްޓާލާނީ 14:00 ގަކަމަށާއި ކުޅުދުއްފުއްޓަށް ބޯޓް ޖައްސާނީ ގާތްގަނޑަށް 14:40 ކަމަށެވެ.

1200 މީޓަރު ދިގު 30 މީޓަރު ފުޅާ މި ރަންވޭގެ މަސައްކަތް ނިންމާލާފައިވަނީ ރޭގަ އެވެ.

ޓެކްސީވޭއާ އަދި އޭޕްރަންގެ މަސައްކަތް މިއަދާ ހަމައަށް ވަނީ ނިންމާލާފަ އެވެ.

ކުޅުދުއްފުށީ އެއާޕޯޓް ހެދުމަށް ފަޅުން 6 ހެކްޓަރުގެ ބިން، އަދި ކުޅިން 9 ހެކްޓަރުގެ ބިން ހިމެނޭހެން ޖުމްލަ 15 ހެކްޓަރުގެ ބިން ވަނީ ހިއްކާފައެވެ.

 

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355