twitterviber whatsapp telegramfacebookyoutube instagram
4th February 2026

ޕީޕީއެމް އިންވެސް މިއަދު ހަވީރު ކުޅުދުއްފުށީގައި ވެހިކަލް ބުރެއް ބާއްވަނީ

Sep 22, 2018

ރައީސް ޔާމިންގެ ކެމްޕެއިން ނިންމުމުގެ ގޮތުން މިއަދު ހަވީރު ކުޅުދުއްފުށީގައި ވެހިކަލް ބުރެއް ބޭއްވުމަށް ނިންމައިފި އެވެ.

މިއަދު ހަވީރު ކުޅުދުއްފުށީ ޝަހީދު ހުސެއިން އާދަމް މައިޒާން ކައިރިން ފެށުމަށް ހަމަޖެހިފައިވާ މި ވެހިކަލް ބުރު ފަށާނީ 4:15 ގަ އެވެ.

ވެހިކަލް ބުރު އިންތިޒާމް ކުރުމުގައި އިސްކޮށްއުޅޭ ފަރާތުން ކޭއޯއަށް މައުލޫމާތު ދެމުން ބުނީ ވިހާވެސް ގިނަ ފަރާތްތަކުން މި ވެހިކަލް ބުރުގައި ބައިވެރިވުމަކީ ވަރަށް ބޮޑު އެދުމެއްކަމަށާއި، ވެހިކަލް ބުރުގައި ޕިކަޕާ، ލޮރީ އަދި ކާރާ ސައިކަލުވެސް ބޭނުން ކުރެވޭނެ ކަމަށެވެ.

މިއީ ރައީސް ޔާމިނަށް ކެމްޕެއިން ކުރުމުގެ ގޮތުން ކުޅުދުއްފުށީގައި ބާއްވާ ފުރަތަމަ ވެހިކަލް ބުރުވެސް މެއެވެ.

ޕީޕީއެމް އިން ވެހިކަލް ބުރެއް ބާއްވާއިރު އެމްޑީޕީވެސް މިއަދު ވެހިކަލް ބުރެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވވެ. އެމްޑީޕީގެ ވެހިކަލް ބުރު ފެށުމަށް ހަމަޖެހިފައިވަނީ 4:15 ގައި ބަންޑާރަ މައިދާނުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355