twitterviber whatsapp telegramfacebookyoutube instagram
2nd May 2024

ކޯލިޝަނަށް ލިބުނު ކާމިޔާބީ ފާހަގަކުރަން ކުޅުދުއްފުށީގައި ހިނގާލުމެއް !

Sep 24, 2018

ކޯލިޝަން ކެނޑިޑޭޓް އިބުރާހިމް މުހައްމަދު ސޯލިޙް އާއި ރަނިންމޭޓް ފައިސަލް ނަސީމް ހޯދި ކާމިޔާބީ ފާހަގަކުރުމުގެ އުފަލުގައި ކުޅުދުއްފުށީގައި މިއަދު ހިނގާލުމެއް ބާއްވަން ނިންމައިފި އެވެ.

މި ހިނގާލުން ކުރިއަށްދާނީ މިއަދު ހަވީރު 4:15 ގަ އެވެ. ކުޅުދުއްފުށީ ކައުންސިލު އިދާރާގެ ކުރިމަތިން ފަށަން ހަމަޖެހިފައިވާ މި ހިނގާލުމުގައި ވީހާވެސް ގިނަ ރައްޔިތުން ބައިވެރިވުމަށް އެދެ އެވެ. އަދި ހިނގާލުމުގައި ބައިވެރިވާ ފަރާތްތަކުން ގައުމީ ކުލަ އެކުލެވޭ ހެދުމެއް ބޭނުންކުރަން އެކަން އިންތިޒާމްކުރާ ފަރާތުން އެދެ އެވެ.

މި ހިނގާލުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ ކުޅުދުއްފުށީ އަމީނީ މަގުގައެވެ. ނަމަވެސް މޫސުމް ތަންދޭނަމަ ތާރު އެޅި އިތުރު މަގެއްގައިވެސް ކުރިއަށް ގެންދިއުމަށް ވިސްނާކަމަށް އާތިފް ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355