twitterviber whatsapp telegramfacebookyoutube instagram
25th April 2024

ޕީޕީއެމް ހޮޅުއަށީގައި ރުޤްޔާ ޖެހުން ހުއްޓާލައިފި !

Sep 25, 2018

ކުޅުދުއްފުށީގައި ހުންނަ ޕީޕީއެމްގެ ހޮޅުއަށީގައި ލައުޑް ބޭނުންކޮށްގެން ރުޤްޔާ ޖަހަން ފަށާފައިވަނީ މިމަހުން ފެށިގެންނެވެ. އަޑުގަދަކޮށް ރުޤްޔާ ޖަހަމުންދާތީ ބައެއް ފަރާތްތަކަށް އުނދަގޫވެގެން އެމައްސަލަ ވަނީ ކައުންސިލްގައި އާއި ފުލުހުންނަށްވެސް ޝަކުވާކޮށްފަ އެވެ.

އަޑުގަދަކޮށް ރުޤްޔާ ޖަހާތީ ސިހުރުގެ އަސަރުކޮށްފައި ތިބި ގިނަ ބަޔަކަށް ނަފްސާނީ ގޮތުން އަސަރުކޮށްގެން ކައުންސިލަށް ރިޕޯޓްކޮށްގެން އެކަން ހައްލުކޮށްދިނުމަށް ފުލުހުންނަށްވެސް ވަނީ އެދިފަ އެވެ. ނަމަވެސް ފުލުހުން އެކަން ހުއްޓުވާފައެއް ނުވެ އެވެ.

އެތަނުން ރުޤްޔާ ޖެހުން ހުއްޓާލާފައިވަނީ އިއްޔެއިން ފެށިގެން ނެވެ. އާންމުކޮށް އެތަނުން ރުޤްޔާ ޖަހަމުންދަނީ ހެނދުނު އާއި ހަވީރު އެވެ. ނަމަވެސް ކުއްލިއަކަށް ރުޤްޔާ ޖެހުން ހުއްޓާލީ ކީއްވެކަމެއް ސާފެއް ނުވި އެވެ.

ކުޅުދުއްފުށީގައި ޕީޕީއެމްގައި އިސްކޮށް އުޅުއްވާ ފަރާތެއް ކުރިން ކޭއޯއަށް ދެއްވި އިންޓަވިއުގައި ބުނީ ޕީޕީއެމް ހޮޅުއައްޓެއްވިޔަސް އެތަނުގައި ރުޤްޔާ ޖަހަނީ އެފަރާތުން އަންގައިގެން ނޫން ކަމަށާއި އެތަނުގައި ތިބޭ މީހުންނަށް އަމިއްލައަށް ފެނިގެން ކަމަށެވެ. އެކަން ކުރުމަށް މާލެއަކުންވެސް އަދި ޕީޕީއެމްއަކުންވެސް އަންގާފައިނުވާނެކަމަށް އޭނާ ބުނެފައިވެ އެވެ.

ޕީޕީއެމް ހޮޅުއަށީގައި އަޑުގަދަކޮށް ރުޤްޔާ ޖަހާތީ ބައެއް ފަރާތްތަކަށް އުނދަގޫވަނީ !

މިކަމުގައި ޕީޕީއެމް ކަންކަމުގައި އިސްކޮށް އުޅޭ އެހެން މީހަކު މިނޫހަށް ކުރިން ދެއްވި އިންޓަވިއުގެ ބުނެފައިވަނީ އެތަނުގައި ރުޤްޔާ ޖަހަނީ އެމީހުންނަށް އަމިއްލައަށް ފެނިގެން ކަމަށާއި އެކަން ކުރަމުންދަނީ ސިހުރުގެ އަޑުތައް ގިނަވެފައިވާތީ އެކަމަށް ހައްލެއް ހޯދުމަށް ކަމަށެވެ. އަދި އެތަނުގައި އެކަން ކުރާތީ އިދިކޮޅު ފަރާތްތަކުން ނޫން އެހެން ބަޔަކު އެކަމުގައި ޝަކުވާކޮށްފައިނުވާކަމަށް އޭނާ އޭރު ބުނެފައިވެ އެވެ.

ރުޤްޔާ ޖެހުމަކީ ރަށުގެ އަމާންކަމަށް އޮތް ނުރައްކަލެއްކަމަށްވަންޏާމުން އެކަމާ އުޅޭނީ ކަމާ ގުޅުން ހުރި މުވައްސަސާތަކުން ކަމަށް އޭނާ ބުންޏެވެ. އެފަދަ ފަރާތްތަކުން އެކަން ހުއްޓާލުމަށް އެދިއްޖެނަމަ އެކަން ނުކުރާނެކަމަށް އޭނާ ބުންޏެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355