twitterviber whatsapp telegramfacebookyoutube instagram
20th April 2024

ރެސްޓޯރަންޓަކުން ކައިގެން ކާނާ ވިހަވި މައްސަލަ ދަނީ ބަލަމުން: ހެލްތް

Sep 27, 2018

ކުޅުދުއްފުށީގައި ހިންގަމުންދާ ރެސްޓޯރަންޓަކުން ކޭ ބަޔަކު ކާނާ ވިހަވި މައްސަލަ ބަލަމުންދާކަމަށް މިނިސްޓްރީ އޮފް ހެލްތުން ހާމަކޮށްފި އެވެ.

މިދިޔަ ހޯމަ ދުވަހު އެ ރެސްޓޯރަންޓް ކޭ ބަޔަކު ކާނާ ވިހަވެގެން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ވަނީ ފަރުވާ ހޯދާފަ އެވެ. އެގޮތުން 8 މީހަކު ފަރުވާ ހޯދާފައިވެ އެވެ. އޭގެ ތެރޭގައި ތިން މީހަކަށް ފަރުވާދީފައިވަނީ އެޑްމިންޓްކޮށްގެންނެވެ.

މިކަމާ ގުޅިގެން ހެލްތް މިނިސްޓްރީން މިއަދު ބުނީ ކުޅުދުއްފުށީގައި ކާނާ ވިހަވި މައްސަލަ ބަލަމުންދާ ކަމަށެވެ. އެކަމުގެ އިތުރު އެއްވެސް ތަފްސީލެއް ނުދެއްވަ އެވެ.

ހދ އެޓޯލް ހެލްތް ސާވިސަސްގެ ޓީމަކުން އެ ރެސްޓޯރަންޓް ގޮސް އިންސްޕެކްޓްކުރިނަމަވެސް އެފަދަ މައްސަލަތަކުގެ މައުލޫމާތު އެފަރާތްތަށް މީޑިއާގައި ހާމަކުރެވޭކަށް ނޯވެ އެވެ. އެހެންވެ އެކަމުގެ ތަފްސީލް މައުލޫމާތު ވަނީ އަދި ލިބޭގޮތް ނުވެފަ އެވެ.

 ރެސްޓޯރެންޓަކުން ސަބްމެރިން ކޭ ބަޔަކު ކާނާ ވިހަވެގެން ފަރުވާހޯދަނީ

މަޝްހޫރު މިރެސްޓޯރެންޓުން ކައިގެން ކާނާ ވިހަވި ބައެއް މީހުން ބުނީ ކާނާ ވިހަވީ ސަބްމެރިން ކައިގެން ކަމަށެވެ. ސަބްމެރިންގެ އިތުރުން އެތަނުން ސްޕެގެޓީ ކައިގެން ކާނާ ވިހަވި މީހަކާވެސް ވަނީ ބައްދަލުވެފަ އެވެ. އެކަމަކު ހަމަ އެދުވަހު އެތަނުން ކޭ ބައެއް މީހުންނަށް އެމައްސަލަ ދިމާވެފައިނުވާކަންވެސް ފާހަގަކުރެވެ އެވެ.

ކާނާ ވިހަވުމުން ބޭރަށް ހިންގުމާއި ހޮނޑުލުން ފަދަ ސިއްހީ މައްސަލަތައް ކުރިމަތިވެ އެވެ. އަދި ބޮޑަށް ކާނާ ވިހަވެއްޖެނަމަ ފުރާނައަށް ނުރައްކާވާ ފަދަ ހާލަތްވެސް މެދުވެރިވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355