twitterviber whatsapp telegramfacebookyoutube instagram
26th April 2024

އެސްޓީއޯ އިން ނިޕޯން ޕެއިންޓްގެ ޕްރޮމޯޝަންއެއް ފަށައިފި

Oct 2, 2018

އެސްޓީއޯ ހޯމްއިމްޕްރޫވްމަންޓްގައި “ކަލަރ ޔޯ ވާލްޑް”ގެ ނަމުގައި ނިޕޯން ޕެއިންޓްގެ ވަރަށް ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.

މި ޕްރޮމޯޝަން ކުރިއަށް ދާނީ އޮކްޓޯބަރ 01 އިން 31 ގެ ނިއަލަށް އެސްޓީއޯ ހޯމްއިމްޕްރޫވްމަންޓްގައެވެ. މިޕްރޮމޯޝަންގައި ނިޕޯންޕެއިންޓްގެ ކުލަތައް ވަރަށް ހާއްސަ އަގުތަކެއްގައި ލިބެން ހުންނާނެއެވެ. މިގޮތުން %15 އާއި ހަމައަށް ޑިސްކައުންޓް ލިބިވަޑައިގަންނަވާނެއެވެ.

މިޕްރޮމޯޝަންގައި ނިޕޯން ޕެއިންޓްއިން -/1000 އަށްވުރެ މަތިން ކުރައްވާ ކޮންމެ ވިޔަފާރިއަކަށް ހިލޭ ބައެއް އެސެސަރީސް ލިބިވަޑައިގަންނަވާނެއެވެ. އެގޮތުން ހިލޭ ލިބޭ ތަކެތީގެ ތެރޭގައި ނިޕޯން ރޯލަރ ހެޑްލް، ރޯލަރ ރީފިލް، ޕެއިންޓް ސްކެރެޕަރ، ޕެއިންޓް ޓްރޭ، ޕެއިންޓް ބްރަޝް އަދި މާސްކިންގ ޓޭޕް ހިމެނެ އެވެ. އަދި ނިޕޯން ޕެއިންޓްއިން އިން ކުރައްވާ ކޮންމެ -/5000 އަށްވުރެ މަތީގެ ވިޔަފާރިއަކަށް ވަރަށް ހާއްސަ ހަދިޔާއެއް ލިބިވަޑައިގަންނަވާނެއެވެ.

އަދި ކުރައްވާ ކޮންމެ -/1000 ގެ ވިޔަފާރިއަކަށް ކޫޕަން އެއް ލިބިވަޑައިގެން، މިޕްރޮމޯޝަން ނިމުމުން ގުރުއަތުން ތިން ނަސީބުވެރިއެށް ހޮވުމަށް ވަނީ ހަމަޖެހިފައެވެ. ގުރުއަތުން ހޮވޭ ތިން ނަސީބުވެރިއަކަށް ވަރަށް އަގުހުރި އިނާމުތަކެއް ލިބިވަޑައިގަންނަވާނެއެވެ. މިގޮތުން އެއްވަނައަށް ހޮވޭ ނަސީބުވެރިއަކަށް -/35000 ގެ އަގުހުރި އިލެކްޓްރޯނިކްސް މުދާ

ލިބިވަޑައިގަންނަވާނެއެވެ.

ދެވަނައަށް ހޮވޭ ފަރާތަކަށް -/25000 ގެ އަގުހުރި ހޯމްއެޕްލައަންސަސް ލިބިވަޑައިގަންނަވާނެއެވެ. އަދި ތިންވަނަ ނަސީބުވެރިއަކަށް ގިލި ލަންކަންފުށި ރިސޯޓް ދަތުރެއް ދެދުވަހަށް ދެފަރާތަކަށް ލިބިވަޑައިގަންނަވާނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355