twitterviber whatsapp telegramfacebookyoutube instagram
19th April 2024

އެމްއެންޔޫގެ ޑޮކްޓަރުކަމުގެ ކޯހުގެ ފުރަތަމަ ބެޗުގައި 37 ދަރިވަރުން !

Oct 3, 2018

މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) ގެ މެޑިސިން ސްކޫލުގައި ފަށާ ޑޮކްޓަރުކަމުގެ ކޯހުގެ ފުރަތަމަ ބެޗުން 37 ދަރިވަރަކަށް ޖާގަ ދީފި އެވެ.

ރާއްޖޭގައި އަލަށް ފަށާ މި ކޯހުގެ ފުރަތަމަ ބެޗަށް އެމްއެންޔޫން ކަނޑައަޅާފައިވަނީ 50 ޖާގަ އެވެ. ނަމަވެސް މި އެމްބީބީއެސް ކޯހުގައި ބައިވެރިވާން މިިދިޔަ ޖޫން މަހު ހުޅުވާލުމުން 60 އަށްވުރެ ގިނަ ދަރިވަރުން ކުރިމަތިލި އެވެ.

އެމްއެންޔޫން ބުނީ ޑޮކްޓަރުކަމުގެ ކޯހަށް ހުޅުވާލުމުން ރަނގަޅު ތަރުހީބެއް ލިބުނު ކަމަށެވެ. އެގޮތުން އެ ފުރުސަތަށް ކުރިމަތިލި ދަރިވަރުންގެ ތެރެއިން ޝަރުތު ހަމަވާ ދަރިވަރުންނާ އިންޓަވިއުކޮށް ކޯހަށް ހޮވާފައިވާކަމަށެވެ.

މިދިޔަ މަސް ނިމުމުގެ ކުރިން، މެލޭޝިޔާގެ ގައުމީ ޔުނިވާސިޓީގެ ސިލަބަހާއެކު ޑޮކްޓަރުން ތަމްރީނުކުރާ ކޯސް ފެށުމަށް އެމްއެންޔޫން މަސައްކަތް ކުރި އެވެ. ނަމަވެސް އަދި ވެސް ބައެއް ކަންތައްތައް ހަމަނުޖެހޭތީ އަދި ފެށޭ ގޮތެއް ނުވެ އެވެ.

އެމްއެންޔޫން ބުނީ 37 ދަރިވަރުންނާއެކު އެމްބީބީއެސްގެ ފުރަތަމަ ބެޗުގެ ކިޔެވުން ވަރަށް އަވަހަށް ފަށާނެ ކަމަށެވެ.

އެ ކޯހުގެ ކިޔެވުން އެންމެ ފުރަތަމަ ފަށަން ނިންމީ އަލަށް އިމާރާތްކޮށްފައިވާ 25 ބުރީގެ ދަރުމަވަންތަ ހޮސްޕިޓަލުގެ ދެ ފްލޯގަ އެވެ. ނަމަވެސް މެޑިސިން ސްކޫލަށް ބޭނުންވާ ސާމާނު އަދި ހަމަނުވާތީ، ކޯހުގެ ކިޔެވުން ފުރަތަމަ ކުރިއަށް ގެންދާނީ އެމްއެންޔޫގެ މެޑިކަލް ލެބުގަ އެވެ.

ފަސް އަހަރުގެ މުއްދަތަށް ހިންގާ ކޯސް ފީ އަކީ މަހަކު ގާތްގަނޑަކަށް 1000 ޑޮލަރު (ގާތްގަނޑަކަށް 15،000ރ.) އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355