twitterviber whatsapp telegramfacebookyoutube instagram
19th February 2026

ކޮރަޕްޝަނާއި ހިޔާނާތުގެ ތެރެއިން ދީފައިހުރި ފަޅުތަކާއި ރަށްތައް ދައުލަތަށް ނަގަންޖެހޭ: އަލީ ހުސައިން

Oct 7, 2018

ފަތުރުވެރިކަން ތަރައްގީ ކުރުމަށް ކޮރަޕްޝަނާއި ހިޔާނާތުގެ ތެރެއިން ދީފައިހުރި ފަޅުތަކާއި ރަށްތައް ދައުލަތަށް ނެގުމަށް ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން ގޮވާލައްވައިފި އެވެ.

އަތޮޅުތެރޭގެ ތަރައްގީއަށް ވަރަށް ބޮޑަށް ވަކާލާތުކުރައްވަމުން ގެންދަވާ އަލީ ހުސެއިން ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ބިޑަކާއި ނުލައި ދީފައިހުރި ރަށްތަކާއި ހިޔާނާތާއި ކޮރަޕްޝަންގެ ތެރެއިން ދީފައިވާ ފަޅުތަކާއި ރަށްތައް ދައުލަތަށް ނެގުމަށްށެވެ.

އޭނާ ވިދާޅުވީ އެރަށްތަކާއި ފަޅުތައް ދައުލަތަށް ނެގުމަކީ އަންނަ އޮތް ޖީލުތަކަށްޓަކާއި ކޮންމެހެން އަދާކުރަން ޖެހޭ ދަރަންޏެއް ކަމަށެވެ.

Bidakaa nulaa dheefai huri rahthakaai adhi corruption aai khiyaanaathuge therein dheefaivaa rahthakaai falhuthah dhaulathah negumakee annan oi jeeluthakattakai konmehen adhaakuran jehey dharanyeh. https://t.co/Kp5BP02yoL

— Ali Hussain (@AleeVoice) October 6, 2018

ރައީސް އަބުދުﷲ ޔާމީންގެ ސަރުކާރުގައި ގިނަ ރަށްތަކަކާއި ފަޅުތަކެއް އޮޅުވާލުމެއްގެ ތެރެއިން ގާތް ބޭފުޅުންނަށް ދީފައިވާކަމަށް ގިނަ ބަޔަކު ދަނީ ތުހުމަތު ކުރަމުންނެވެ. އަދި އެފައިސާއަށް ރައީސް ޔާމީންގެ ސަރުކާރުން ހިޔާނާތްތެރިވެފައިވާކަމަށްވެސް ގިނަ ރައްޔިތުން ގަބޫލުކުރެ އެވެ.

ރާއްޖޭގެ މިހާތަނަން ހިންގި އެންމެ ބޮޑު ހިޔާނާތުގެ މައްސަލަތައް ހިނގައިގޮސްފައިވަނީ ރައީސް ޔާމީންގެ ސަރުކާރުގެ ތެރެއިންކަމަށް ހުދު އެމަނިކުފާނުވެސް އެއްބަސްވެވަޑައިގަންނަވަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355